ޝުޖާއު ވަނީ "އާއިލީ ކަމެއްގައި ބިޒީ" ކަމަށް ވިދާޅުވެ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް މިނިސްޓަރު ވަޑައިނުގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދައިދިނުމަށް ވަޑައިގަތުމުން ފާޑު ވިދާޅުވެފައެވެ.
ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދައުވަތު ދެއްވުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަޑައިނުގެންނެވި ކަމަށް ދެކެވޭ ވާހަކަތައް އެކަމަނާ ދޮގު ކުރައްވައިފި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދައިދިނުމަށް މިނިސްޓަރު ވަޑައިގެންނެވީ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދެއްވި ދައުވަތު ގަބޫލުނުކުރައްވާ ކަަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު ވަނީ "އާއިލީ ކަމެއްގައި ބިޒީ" ކަމަށް ވިދާޅުވެ ހއ .އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް މިނިސްޓަރު ވަޑައިނުގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދައިދިނުމަށް ވަޑައިގަތުމުން ފާޑު ވިދާޅުވެފައެވެ.
އެ ވާހަކަތައް ދޮގު ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ފޯރަމަށް ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
"މިއީ ރަނގަޅު ވާހަކައެއް ނޫން. މިފަދަ ދައުވަތެއް އަޅުގަނޑަށް ލިބިފައެއްވެސް ނުވޭ. ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ނުަފެތުރެއްވުން އެދެން،" ޝުޖާއު ޓްވީޓަށް ރައްދު ދެއްވާ މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ހއ އަތޮޅު ކައުންސިލްގެ ބަހެއް ނުލިބެއެވެ.