17 ބިދޭސީއެއްގެ ނަމުގައި 62،000 ފޯނު ނަންބަރު

ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު އަދި 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވަނީ ދިރާގުންނެވެ

ސިމް ވިއްކަން ދިރާގުން ޖަހާފައިވާ ޓެންޓެއް: ހިދުމަތް ދޭ ގޮތާމެދު އާންމުންގެ ޝަކުވާ އޮވޭ

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަން ކުރާ ސްކޭމް ކޯލުތައް ކުރާ ނަންބަރުތަކުގެ ފަހަތުގައި ތިބި މީހުން ހޯދަން ކުރެވުނު މަސައްކަތުން 17 ބިދޭސީއެއްގެ ނަމުގައި 62،000 ނަންބަރު ނަގާފައިވާކަން ފާހަގަ ކުރެވިއްޖެ އެވެ. 

ސްކޭމް ކޯލްތައް އިތުރުުވުމާއި އެފަދަ މުއާމަލާތްތަކުގައި ބެންކުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލަތައް ހިނގާތީ އެއީ ކިހިނެތް ހިނގާ ކަމެއްތޯ އަދި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ އެސްއޯއީ ކޮމެޓީން ދަނީ ބަލަމުންނެވެ. އިއްޔެ އޮތް ކޮމެޓީ ބައްދަލުވުމުގައި ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކޮމެޓީގެ މުގައްރިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ހުށައަޅުއްވާފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސްކޭމް ކޯލްތަކާއި ގުޅުންހުރި އެކި މައްސަލަތަކުގައި ބޭނުން ކޮށްފައިވާ 305 ނަންބަރަކީ މާފުށީ ޖަލުގައި ބަންދުގައި ތިބި ގައިދީން ބޭނުން ކޮށްފައިވާ ނަންބަރުތަކެކެވެ. އެކަންކަން ހުއްޓުވަން ޑިސެންބަރު 6، 2022 އަދި ޑިސެންބަރު 27، 2022 ގައި މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން ސްކޭމް ކޯލްތަކުގައި ބޭނުންކުރާ ނަންބަރުތައް އެއީ ކޮން ބައެއްގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުން ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު އަދި 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައި ވަނީ ރައްޔިތުންގެ ގިނަ ޝަކުވާތައް އަމާޒުވާ ދިރާގުންނެވެ.

މީގެ އިތުރުން އެކެއްގެ ނަމުގައި 800 ނަންބަރު އަދި އެހެން މީހެއްގެ ނަމުގައި 600 ނަންބަރު ނަގާފައިވާ މައްސަލައެއް ވެސް ވަނީ ފާހަގަވެފަ އެވެ.

މާފުށީ ޖަލުގައި ބަންދުގައި ތިބި ގައިދީން ބޭނުންކުރި 305 ނަންބަރު ބްލޮކް ކުރަން ފޮނުވާފައިވާ ކަަމަށްވެސް ރިޕޯޓްގައި ވެއެވެ.

ފުލުހުންތަކެއް: ސްކޭމް އަމަލުތައް ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނޭ
  •  ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު
  •  12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު
  •  12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވަނީ ދިރާގުން
  •  އެކެއްގެ ނަމުގައި 800 ނަންބަރު
  •  އެކެއްގެ ނަމުގައި 600 ނަންބަރު

ކޮމެޓީގެ މިއަދުގެ ބައްދަލްވުމުގައި މެންބަރުން ވަނީ ސިމް ވިއްކުމުގައި އެއްވެސް ހަރުދަނާ އުސޫލެއް ނެތުމުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ސްކޭމް މައްސަލަތައް ހައްލު ކުރުމަށް އެކެއްގެ ނަމުގައި ގިނަ ނަންބަރުތަކެއް ނުނެގޭ ގޮތަށް ހެދުން މުހިންމު ކަން ފާހަގަކުރެއްވިއެވެ.

ބައެއް މެންބަރުން ވަނީ މޯބައިލް ހިދުމަތް ދޭ، ރައްޔިތުންގެ ޝަކުވާ އޮންނަ އެ ކުންފުނިތަކުން ވާދައަށް ސިމް ވިއްކަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ހަފްތާ ބަންދާއި ދިމާކޮށް ޓެންޓް ޖަހައިގެން އެންމެ ގިނަ ސިމް ވިއްކޭ ބަޔަކަށް ވާން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލެއްވި އެވެ. -- ރައްޔިތުންގެ ޝަކުވާ ބޮޑު ދިރާގާއި އުރީދޫން ވެސް ސިމް ވިއްކަން ޓެންޓް ޖަހަ އެވެ. 

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ: ފްރޯޑްގެ މައްސަލަތައް ހުށައެޅޭ މިންވަރު އިތުރު

ދެ އަހަރުން އެމްއެމްއޭއަށް 2،383 މައްސަލަ

ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި ފްރޯޑްގެ މައްސަލައަށް މަރުކަޒީ ބޭންކު އެމްއެމްއޭއަށް ހުށައެޅޭ މިންވަރު އަހަރު އަހަރަށް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން 2021 ވަނަ އަހަރު 686 މައްސަލަ ހުށައެޅުނުއިރު މިދިޔަ 2022 ވަނަ އަހަރު 1،459 މައްސަލަ ވަނީ ރިޕޯޓް ކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް 238 މައްސަލަ ވަނީ ހުށައަޅާފަ އެވެ.

އިލްޔާސް ވިދާޅުވީ އަހަރުން އަހަރަށް މައްސަލަތައް އިތުރުވެ ހުށައެޅޭ މިންވަރު އިތުރުވަމުން ދާއިރު އެކަންކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މި މައްސަލަތައް ހައްލު ކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ އިދާރާތަކުގެ މެދުގައި އެފަދަ ވަރުގަދަ ގުޅުމެއް ވެސް ނެތް ކަމަށެވެ.

އެންމެ ކުޑަ މިނުން ސްކޭމްގެ މައްސަލަތައް ހައްލު ކުރަން ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިސްވެ މަސައްކަތް ކުރާނެ މުއައްސަސާއެއް / އިދާރާއެއް ވެސް ނެތް ކަމަށެވެ. އެހެން ކަމުން ކޮމެޓީން އެކަމުގައި ގޮތް ތަކެއް ނިންމާ ލަފައެއް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިކަމުގައި އިސްވެ މަސައްކަތް ކުރާނީ ފުލުހުންތޯ ނުވަތަ މަރުކަޒީ ބޭންކާއި ބެންކުތައްތޯ ނޫނީ ކަރެކްޝަނަލް ސާވިސްތޯ ލަފާ ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޖަލަށް ފޯނު ވެއްދުން ނުހުއްޓުވޭ

ކޮމެޓީ ބައްދަލްވުމުގައި މެންބަރުން ވަނީ ޖަލަށް ފޯނު ވެއްދުން އެއީ މަނާކަމެއް ކަމަށްވީއިރު ގައިދީނަށް އެހާ ފަސޭހައިން ފޯނު ލިބެނީ ކިހިނަކުންތޯ ސުވާލު ކޮށްފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން ކަރެކްޝަނުން މަސައްކަތް ކުރަމުންދާ ކަަމަށް އަންގާފައިވާ ކަމަށާ އެ ގޮތުން ޖަލުގައި އެންޓަނާއެއް ޖަހާ ފޯން ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާފުށީ ޖަލު: ބަލާ ފާސްކުރުމުގެ ބޮޑު ދެ އޮޕަރޭޝަނެއް ހިންގާ ސިމް ކާޑުތަކެއް ވަނީ ހޯދާފައި

އެންޓަނާ ޖެހުމުން މުވައްޒިފުންގެ ނަންބަރުތައް ފީޑްކޮށް އެހެން ހުރިހާ ނަންބަރެއް ބްލޮކް ކުރާނެ ކަަމަށާ އޭރުން ޖަލުން ފޯނު ކުރުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ކަރެކްޝަނުން ބުނާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން ވަނީ ޖަލަށް ފޯނު ވެއްދުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެންޓަނާއެއް ޖަހައިގެން ފޯނު ނުކުރެވޭ ގޮތް ހެދުމުގެ ކުރީން އަސްލު މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

"އެންމެ އިސްކަން ދޭން ޖެހޭ ކަމަކީ އެތަނަށް [ޖަލަށް] ފޯނު ނުވެއްދޭ ގޮތް ހެދުން،" އިލްޔާސް ވިދާޅުވިއެވެ.

ކޮމެޓީގެ ބައްދަލްވުމުގައި ނާއިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީީދީ ވަނީ ދެން އޮންނަ ކޮމެޓީ ބައްދަލްވުމަކަށް ކަރެކްޝަނާއި ޑީއެެންއާރް އެންވަޔަރުމަންޓް މިނިސްޓްރީގެ ވެރިން ހާޒިރު ކުރަން ހުށައަޅާފަ އެވެ. އެންވަޔަރުމަންޓް މިނިސްޓްރީގެ ވެރިން ހާޒިރު ކުރަނީ ކޭމްގެ ބެލެނިވެރި މިނިސްޓްރީއަށް ވާތީ އެވެ.

މެންބަރުން ނިންމެވީ މި އަންނަ ހަފްތާގައި ކޮމެޓީއަށް އެ އިދާރާތަކުގެ ވެރީން ހާޒިރު ކުރުމަށެވެ.

އެސްއޯއީ ކޮމެޓީގެ މެންބަރުން: އެ ކޮމެޓީން ދަނީ ގިނަަ މަސައްކަތްތަކެއް ކުރަމުން
މިދިޔަ އަހަރު ސްކޭމްގެ މައްސަލަތައް - ސްކޭމް ކޯލުގެ 998 މައްސަލަ ފުލުހުންނަށް ހުށަހަޅައި، އޮޅުވާލައިގެން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އޮޅުވާލައިގެން ފައިސާ ހޯދުމުގެ އުކުޅު އެންމެ ގިނައިން ބޭނުންކުރަނީ ކޯލުތައް ކޮށްގެނެވެ. މިފަދަ ކޯލުތައް އެންމެ ގިނައިން ކުރަނީ ޖަލަށް ވަގަށް ފޯނުވައްދައިގެން، ގައިދީންނެވެ. މިދިޔަ އަހަރު އެކަނިވެސް 590 ސިމް ކާޑު ބްލޮކް ކުރިއެވެ. 532 އައިއެމްއީއައި ނަންބަރު ބްލެކްލިސްޓަށް ލައި 10 އައިޕީ އެޑްރެސް ބްލޮކް ކުރިއެވެ.
ސިމް ވިއްކަން އުރީދޫން ޖަހާފައިވާ ޓެންޓެއް: ހިދުމަތްތައް ދޭ ގޮތާމެދު ޝަކުވާތައް ބޮޑު

މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަން ކުރާ ސްކޭމް ކޯލުތައް ކުރާ ގިނަ ނަންބަރުތަކަކީ ރާއްޖޭގައި މިހާރު ނޫޅޭ ބިދޭސީން ނަގާފައިވާ ނަންބަރުތަކެއް ކަމަށާ އެ ނަންބަރުތައް މިހާރު އޮތީ ކުށްވެރިންގެ އަތްމަތީގައި ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރު ބުނެފަ އެވެ.

ފުލުހުން ބުނާ ގޮތުން ސްކޭމް ކޯލުތައް ކުރާ ނަންބަރުތަކުގެ ޓޮޕް ފަހެއްގައި ތިބީ ރާއްޖޭގައި ނުވެސް އުޅޭ ބިދޭސީންނެވެ. އެމީހުންނަކީ ކޮންމެވެސް އިރެއްގައި ރާއްޖޭގައި ކުރިން އުޅެފައިވާ ބިދޭސީން ނަމަވެސް، އެ ނަންބަރުތައް ކުށްކުރާ މީހުންނަށް ވަނީ "ޕާސް" ވެފައެވެ.

އެފަދަ ކޮންމެ މީހެއްގެ ނަމުގައި ގާތްގަނޑަކަށް 5000 އެއްހާ ސިމްކާޑު އޮންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގަ އެންމެ ގިނައިން ސިމްކާޑުތައް ގަނެފަ ތިބި މީހުނަށް ބަލާއިރުގައި އެންމެ ޓޮޕް ފަހެއްގަ ހިމެނެނީ ބިދޭސީން. ދިވެހިރާއްޖޭގަ ނޫޅޭ ބިދޭސީން. ކޮންމެވެސް އެއް އިރެއްގަ ދިވެހިރާއްޖޭގަ އުޅެފައި އެކަމަކު މިހާރު ރާއްޖޭގެ މާހައުލުގަ ނޫޅޭ ބިދޭސީން. އެއީ ކޮންމެ މީހަކަށް އެވަރެޖްކޮށް 5000 ސިމްކާޑު!" ސީޕީ ކުރީން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.