ފާރިސް، ރަނިންމޭޓަކަށް އިހްތިޔާރު ކުރުމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ވިދާޅުވަނީ ފާރިސްއަކީ ގާބިލް ތައުލީމީ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ރަނގަޅު ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރައީސް މައުމޫންގެ އޮފީސްކޮޅުގައި ބޭއްވެވި ބައްދަލްވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ބައްދަލްވުމަކީ ގާސިމްގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލްވުމެކެވެ. ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ގާސިމް އާއި މައުމޫންގެ އިތުރުން ފާރިސް އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެން ނިންމާފައިވާއިރު އެ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަށް ޕާޓީތައް ގެނައުމުގެ މަޝްވަރާ ކުރެއްވުމުގެ ބާރު ގާސިމަށް، ކައުންސިލުން އޮތީ ދީފައެވެ. މިއަދުގެ ބައްދަލްވުމަކީ އެފަދަ ބައްދަލްވުމެކެވެ.
ފާރިސް، ރަނިންމޭޓަކަށް އިހްތިޔާރު ކުރުމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ވިދާޅުވަނީ ފާރިސްއަކީ ގާބިލް ތައުލީމީ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.
އެއީ ގާސިމް އަމިއްލަފުޅު ހައިިސިއްޔަތުން ވިދާޅުވާ ވާހަކަފުޅެއްކަން ސާފުކޮށް ދެއްވާ އެފަދަ ކަންކަމުގައި ގޮތް ނިންމާނީ ޕާޓީން ކަމަށް ވިދާޅުވިއެވެ.
ފާރިސް މައުމޫންވެސް ވަނީ ގާސިމްގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ މިއަދުގެ ބައްދަލްވުމުން އިތުރު މަޝްވަރާތަކަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެ ގޮތުން ގާސިމްގެ މަންދޫބުންނާއި އެމްއާރްއެމް އިން މަޝްވަރާ ކުރާނެ ކަމަށެވެ. ރަނިންމޭޓަކު ކަނޑައެޅުމާ ހަމައަށް އަދި މަޝްވަރާތައް ދާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
ފާރިސްވެސް ވިދާޅުވީ އެމްއާރްއެމް އޮތީ ރިޔާސީ އިންތިހާބަށް ތައްޔާރުވެ ކަމަށާ އެ ޕާޓީގެ ނިންމުން އަންނާނީވެސް ކައުންސިލުން ކަމަށެވެ. އެއީ އޭނާ އެކަނި ނިންމާ ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް އާއި މައުމޫން އަދި ފާރިސް މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު ރައީސް ސޯލިހާއެކު ރައީސް މައުމޫން އިއްޔެ ވަނީ މަޝްވަރާ ކުރައްވާފައެވެ.
3000 މީހުން ހަމަނުވެގެން އިރު އިރު ކޮޅާ ތެޅި ފޮޅޭ ބަޔަކަށް ރަނިން މޭޓް ކަން ހައްގުތޯ؟