ގާނޫނުލްއުގޫބާތަށް ހުށަހެޅި ސައިބާ ކްރައިމްގެ އިސްލާހުތައް ކޮމެޓީއަށް

މި ބިލަކީ ސަރުކާރު ބިލެކެވެ. ބިލު ސްޕޮންސާ ކުރެއްވީ ސަރުކާރު މެންބަރު ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިއްޒެވެ.

ސައިބަ ކްރައިމްގެ އިސްލާހު ހުށަހެޅުއްވެވި ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިއްޒު

ކޮމްޕިއުޓަަރާއި ޑޭޓާބޭސްތަކަށް ހުއްދަ ނެތި އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެނެ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ. 

މި ބިލަކީ ސަރުކާރު ބިލެކެވެ. ބިލު ސްޕޮންސާ ކުރެއްވީ ސަރުކާރު މެންބަރު ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިއްޒެވެ. މަޖިލީހަށް މިއަދުގެ ބިލު ބަލައިގަތީ 44 މެންބަރުން ވޯޓުންނެވެ.

މި ބިލަކީ ސައިބަ ކްރައިމްގެ ގިނަ ކަންތައްތަކެއް ކުށުގެ ގޮތުގައި ފާހަގަކޮށް އެއިން ކުށަކަށް އަރައިގެންފި ނަމަ ބޮޑެތި ޖަލު އަދަބު ކަނޑައަޅަން ހިމަނާފައި ވެއެވެ. 

ނަމަވެސް ކޯޓު އަމުރެއްގެ ދަށުންނާއި ގާނޫނީ ބާރު ލިބޭ ހުއްދައެއްގެ ދަށުން، ބަޔާންކުރާ ގޮތުގެމަތިން ކޮމްޕިއުޓަކަރަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ވުމަކީ ކުށެއް ނޫން ކަމަށް ބުނެ އެވެ.

ބިލުގައި ކުށުގެ ގޮތު ހިމަނާފައިވާ ކަންކަން

  • 1.ހުއްދަ ނެތި ކޮމްޕިއުޓަރު ސިސްޓަމަށް އެކްސެސްވުން
  • 2.ކުށެއް ކުރަން މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރަށް އެކްސެސްވުން
  • 3.ހުއްދަ ނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން
  • 4.ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
  • 5.ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
  • 6.ސައިބާ ވަޔަލަންސްގެ އަމަލުތައް
  • 7.ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
  • 8.ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
  • 9.ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.