ފުލުހުން ހޯދާ މީހަކު ފޮރުވައިގެން އުޅުނު ގޭންގު ބަޔަކު ހައްޔަރު ކޮށްފި

ފުލުހުން މިއަދު ބުނީ ފައިހް ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފަސް ފިރިހެނުން ރޭ މާލެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ވެހިކަލެއް: ފުލުހުން ހޯދަމުން ދިޔަ މީހަކު ފޮރުވައިގެން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި -- މި

ގްރޫޕް މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހޯދަމުން ދަނީ  ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު، 25، އެވެ.

އޭނާ ވީތަނެއް ނޭނގިގެން ފުލުހުން ވަނީ އާންމުގެ އެހީއަށް ވެސް އެދިފަ އެވެ.

ފުލުހުން މިއަދު ބުނީ ފައިހް ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފަސް ފިރިހެނުން ރޭ މާލެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ފަސް މީހުންނަކީ ގޭންގެއްގެ އިސް ބަޔެކެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ފައިހް ހޯދަނީ ޖެނުވަރީ މަހުގެ ރޭ މާލޭގެ ކެފޭއެއް ތެރޭ މާރާމާރީ ހިންގައި މީހަކު ޒަހަމް ކޮށްލި މައްސަލައެއްގަ އެވެ.

ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މާލެ ތެރޭގައި ގޭންގު މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް އަނިޔާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު މާފަންނު މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ މަރާލާފަ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.