ދެވަނަ ކުއްޖަކު ގެއްލިގެން ހޯދަނީ މިކުއްޖާ ކުރިން ވެސް ގެއްލުނު

ހޯދަމުން ދަނީ ތ. ދިޔަމިގިލީ / އާގިސާ މަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒެވެ. ޒީކްގެ ގެއްލިގެން ޖެނުއަރީ މަހުގެ ތެރޭގައި ހޯދާން ޖެހުނެވެ.

މީގެ ދެ ދުވަސް ކުރީން 13 އަހަރުގެ ކުއްޖަކު ވިލިމާލޭން ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެއިން ފެނިފައި ވެއެވެ. އޭގެ ފަހުން އަނެއްކާ ވެސް ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ނުކުމެ ވަނީ ހޯދާން ފަށާފަ އެވެ. މިފަހަރު 15 އަހަރުގެ ކުއްޖެކެވެ. އޭނާ ގެއްލިގެން ހޯދަނީ މާލެތެރެއިންނެވެ.

ފުލުސް އިދާރާއިން ބުނި ގޮތުގައި އަންހެން ކުއްޖަކު ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހު އެވެ. އެހިސާބުން ފެށިގެން ދަނީ ހޯދަމުންނެވެ. 

ހޯދަމުން ގެންދަނީ ތ. ދިޔަމިގިލީ / އާގިސާ މަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒެވެ. މި ކުއްޖާ ގެއިން ނުކުތް ކަމަށް ވަނީ ހޮނިހިރު ދުވަހުގެ ފަތިހު އެވެ. އޭނާ ދިޔައިރު ލައިގެން ހުރީ ޖޯޒީއެކެވެ.

 މި ކުޑަ ކުއްޖާ، ޒީކްގެ ގެއްލިގެން މިދިއަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ނުކުމެ ހޯދާން ޖެހުނެވެ. އެއީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. އެފަހަރު ޒީކް ގެއްލުނުއިރު އުޅެމުން ދިޔައީ ގ. ތޯނީއައްސޭރީގަ އެވެ. އޭނާ ފެނުނީ ހައެއްކަ ދުވަސް ފަހުން ޖެނުއަރީ 29 ގައެވެ. ފެނުނު ތަނެއް އޭރު ނުބުނެ އެވެ. 

މި އުމުރުގެ އަންހެން ކުދިން ވަރަށް ގިނައިން މާލޭ ސިޓީގެ ތިން ރަށުން ގެއްލިގެން ހޯދާން ޖެހެ އެވެ. އެ ފަދަ ގިނަ ހާދިސާތަކުގައި ހޯދަމުން ދާކަން ފުލުހުން އިއުލާން ކުރުމާއެކު ބައެއް ކުދިން އަމިއްލައަށް ފުލުހަށް ހާޒިރުވެ އެވެ. އަދި ބައެއް ކުދިން ގެސްޓް ހައުސްތަކުން ފެނިފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.