ވިލިމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

އާއިލާއިން ބުނި ގޮތުގައި ޒޯޔާގެ އަތުގައި ފޯނެއް އޮންނާނެ އެވެ. އަދި ރޭ ވަރަށް ފަހުގެ ވަގުތަކާ ހަމައަށް ފޯނަށް ގުޅުނެވެ. ނަމަވެސް މިހާރު ފޯނަށް ނުގުޅޭ ކަމަށެވެ.

ވިލިމާލެ

ވިލިމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިއްޖެ އެވެ. 

ގެއްލިގެން ހޯދަމުން ދަނީ އައިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. އާއިލާއިން ބުނި ގޮތުގައި އިއްޔެ އިރުއޮއްސުނު ވަގުތު ޒޯޔާ ގެއިން ނިކުތީ ކައިރީ ހުރި ފިހާރައަކަށް ދިއުމަށެވެ. ނަމަވެސް އިރުއޮއްސި 7:30 ގައި ނިކުތް ގޮތަށް ގެއަށް އެެނބުރި އައިސްފައެއް ނުވެއެވެ.

ޒޯޔާގެ ހަބަރެއް ވޭތޯ އާއިލާއިން ވަރަށް ގިނަ މަސައްކަތް ކުރުމަށް ފަހު އެއްވެސް ހަބަރެއް ނުވުމުން މިހާރު ވަނީ ޒޯޔާގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފައެވެ.

ފުލުހުންވެސް ބުނީ 13 އަހަރުގެ ކުއްޖަކު ގެއްލިގެން އާއިލާއިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަ ކަަމަށެވެ.

އާއިލާއިން ބުނި ގޮތުގައި ޒޯޔާގެ އަތުގައި ފޯނެއް އޮންނާނެ އެވެ. އަދި ރޭ ވަރަށް ފަހުގެ ވަގުތަކާ ހަމައަށް ފޯނަށް ގުޅުނެވެ. ނަމަވެސް މިހާރު ފޯނަށް ނުގުޅޭ ކަމަށެވެ.

އާއިލާއިން ވަނީ ޒޯޔާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އަންގައިދިނުމަށް އެދިފައެވެ.

މި އުމުރުގެ ކުދީން ގެއްލުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފުލުހަށް ހުށައެޅެ އެވެ. ބައެއް ފަހަރު ފޮޓޯ އާންމުކުރުމާއެކު ކުދީން އެެނބުރި ގެއަށް އާދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.