ކުޅިވަރުގެ ދާއިރާއިންދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ފަސް ބޭފުޅަކަށް ސްޕޯޓްސް އައިކަން އެވޯޑް 8 ބޭފުޅަކަށް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް 16 ބޭފުޅަކަށް އަރުވާފައިވެއެވެ.
މިރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ކުޅިވަރުގެ ދާއިރާއިންދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.
މީގެ އިތުރުން ސްޕޯޓްސް އައިކަން އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާގެ އެވޯޑްވެސް ވަނީ ދީފައެވެ.
ސްޕޯޓްސް އައިކަން އެވޯޑް 8 ބޭފުޅަކަށް އަރުވާފައިވެއެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑް 16 ބޭފުޅަކަށް އަރުވާފައިވެއެވެ.
ޕޯޓްސް އައިކަން އެވޯޑަކީ އެވޯޑް ހަފްލާއަށް ވަޑައިގެންނެވި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.
މިރޭގެ އެވޯޑް ނައިޓްގައި ނައިޖީރިއާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު އަރުވާފައިވެއެވެ.