ރޭގަނޑު ދަތުރުތައް ނުކުރެވޭތީ ރޭގަނޑު ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެނަަމަ ޖެހެނީ ހަނިމާދޫއަށް ދާށެވެ. ކައިރިން ށ. އަތޮޅު ފުނަދޫގައި އޮތް އެއާޕޯޓްގައި ވެސް ލައިޓް ޖަހާފައި ނެތުމުން ރޭގަނޑު ދަތުރުތައް ނުކުރެވެ އެވެ.
އެއާޕޯޓްތަކުގައި ލައިޓް ހަރުކޮށް ނައިޓްލޭންޑިން ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.
ރިޒްވީ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިޒްވީ ވިދާޅުވީ އެ ކުންފުނިން މިވަގުތު ވަރަށް ބޮޑު އިސްކަމެއް ދީގެން ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތަށް އެއާޕޯޓްތަކުގައި ލައިޓް ހަރުކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުންފުނީގެ އަމާޒަކީ ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓް މި މަހުގެ ނިޔަލަށް ނިންމުން ކަމަށާ އަދި ހއ. ހޯރަފުއްޓާއި މާވަރުލު އެއާޕޯޓްގެ ލައިޓިން މަސައްކަތް އެ މުއްދަތުގައި އެކުއެކީ ނިންމާލުން ކަމަށެވެ.
"އެއާޕޯޓްތައް ގިނަވެ ރަންވޭތައް ދިގުވެ ޓާމިނަލްތަކުގެ ޑިޒައިން ބަދަލުވާއިރު އަޅުގަނޑުމެން އަރުވަން ބޭނުންވާ ޔަގީން ކަމަކީ ރައްކާތެރި އަމާން ލާމެހިފައިވާ ޖަޒީރާ ރާއްޖެއެއްގެ ޔަގީންކަން،" ރިޒްވީ ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގެ އެއާޕޯޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި ދަތުރުތައް ފެށި އެއާޕޯޓެެކެވެ. އޭރު ދަތުރުތައް ފެށީ ދަތުރުތައް ފެށޭ ވަރަށް މަސައްކަތް ނިންމާ މުޅި އެއާޕޯޓްގެ މަސައްކަތް ފުރިހަމަ ނުކޮށެވެ. މިދިޔަ ހަތަރު އަހަރުތެރޭ އެއާޕޯޓްގައި ލައިޓް ޖަހާ ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތް ވެފައިނުވާތީ އެ ސިޓީގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްގެނެވެ. އެކަމާއި ގުޅިގެން އެ ސިޓީގެ މަޖިލީސް މެންބަރުންނާއި މޭޔަރުވެސް ސަރުކާރާ ފެއަށް ޖެހިވަޑައިގެންފައިވެއެވެ.
ރޭގަނޑު ދަތުރުތައް ނުކުރެވޭތީ ރޭގަނޑު ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެނަަމަ އަދިވެސް ޖެހެނީ ހަނިމާދޫއަށް ދާށެވެ. ކައިރިން ށ. އަތޮޅު ފުނަދޫގައި އޮތް އެއާޕޯޓްގައި ވެސް ލައިޓް ޖަހާފައި ނެތުމުން ރޭގަނޑު ދަތުރުތައް ނުކުރެވެއެވެ.