އޭވިއޭޝަން ދާއިރާއަށް ބައިގަރުނުން ނުލިބުނު ތަރައްގީ ދެ އަހަރުން ގެނެސްދެވިއްޖެ: ރިޒްވީ

ރިޒްވީ ވިދާޅުވި ގޮތުގައި މިހާރު ގެންނަ ސްކޭންމެޝިނަކަސް ފަޔާ ސޫޓަކަސް އަދި އިކުއިޕްމަންޓަކަސް ގެންނަނީ ބްރޭންޑް ނިއު ޒަމާނީ އެއްޗެއްސެވެ.

މިރޭގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވާހަކަ ދައްކަވަނީ

އޭވިއޭޝަން ދާއިރާއަށް ބައިގަރުނުން ނުލިބުނު ތަރައްގީ ދެ އަހަރުން ގެނެސްދެވިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

ރިޒްވީ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިޒްވީ ވިދާޅުވީ އާރުއޭސީއެލް އުފެއްދެވި އެންމެ ބޮޑު މަގްސަދަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮތް ވައިގެ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުން ކަމަށެވެ. ކުންފުނި އުފެދިގެން މިވީ ދެ އަހަރު ރައީސް ސޯލިހްގެ އެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"މިއަދު ރީޖަނަލް އެއާޕޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި ހުރިހާ މުވައްޒިފުންނަކީ އެ މީހުން މަސައްކަތް ކުރާ ދާއިރާއަކުން ތަމްރީން ލިބިފައިވާ މުވައްޒިފުން. ހުރިހާ އެއާޕޯޓެއްގަައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ 80 ޕަސެންޓް ހަމަ ކުރެވިއްޖެ. މުޅިން އާ އިކުއިޕްމަންޓާއެކީ އެއާޕޯޓްތައް ސިވިލްއޭވިއޭޝަންގެ ސްޓޭންޑަޑަށް މި ދަނީ ފައްތަމުން،"

ރިޒްވީ ވިދާޅުވި ގޮތުގައި މިހާރު ގެންނަ ސްކޭންމެޝިނަކަސް ފަޔާ ސޫޓަކަސް އަދި އިކުއިޕްމަންޓަކަސް ގެންނަނީ ބްރޭންޑް ނިއު ޒަމާނީ އެއްޗެއްސެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ރަސްމީކޮށް ހަވާލު ކުރުން

އަދި އަމިއްލަ ވަސީލަތް ބިނާކޮށް ކުރެވުނު މަސައްކަތުގެ ފައިދާ މުޅި ސިނާއަތަށް މިއަދު ކުރަމުންދާ ކަަމަށް ވިދާޅުވިއެވެ. ކުރީން ބޮޑު އަގުގައި ރާއްޖެއިން ބޭރުން ހަދަމުން އައި ޓްރެއިން މިއަދު ކުރިއަށް ގެންދަނީ އާރުއޭސީއެލް އުފެއްދި ސެޓިފައިޑް ދިވެހި ޓްރެއިނަރުންނާއެކީ އޭވިއޭޝަން އެކަޑަމީގައިކަންވެސް ރިޒްވީ ފާހަގަ ކުރެއްވިއެވެ.

"އޭވިއޭޝަން ދާއިރާއަށް ބައިގަރުނުން ނުލިބުނު ކުރިއެރުން އަޅުގަނޑުމެން ދެ އަހަރުން ގެނެސްދީފިން،"

ރިޒްވީ ވަނީ މާދަމާ އެއާޕޯޓެއް ހުޅުވަން ޖެހުނަސް އާރުއޭސީއެލް އޮންނާނީ ތައްޔާރަށް ކަމަށާ ސިވިލްއޭވިއޭޝަންގެ ދާއިރާގެ ބޭފުޅުން އެކަމަށް ހެކިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އާރުއޭސީއެލްއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

"މީޑިއާތަކުގައި އަޑުގަދަ ނޫނަސް ދުވާލަކު ހެޑްލައިން އެއް ނުހެދިޔަސް ރައްޔިތުންނަށް ރައީސް ވެފައި އޮތް ވައުދެއް ރަނުން ރަނަށް ފުއްދުމުގައި އެންމެ ތަންފުކެއްވެސް ދުލެއް ނުދޭނަން،"

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް އުފެދުނު ފަހުން އެ ކުންފުނީގެ އެންމެ ބޮޑު ބައިވެރިވުމަކާއެކު ހުޅުވޭ ފުރަތަމަ އެއާޕޯޓެވެ. ރިޒްވީ ވަނީ އެއާޕޯޓް ސަރަހައްދުގެ ބައެއް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާނެ ކަމަށާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާ ކަމާއެކު އެކި ސަރަހައްދުތަކަށް ފޮނުވުމުގެ ދޮރު އެއާޕޯޓާއެކު ފަހި ވެގެންދާނެ ކަަމަށް ވިދާޅުވެފައެވެ.

"އިގްތިސާދު ލާމެހި ރަށު ބަންދުން ވީއްލި ރައްޔިތުން އެދޭ ދިރިއުޅުން ފަރެސްމާތޮޑާ އާއި މި ހުވަދޫގައި މިވަނީ ފައްކާވެފައި،" ރިޒްވީ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.