ބޯހިމެނުމުގެ ނަތީޖާ މި މަހުގެ 30 ގައި ހާމަކުރަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިއީ ފުރަތަމަ ރިލީސް ކަމުން މި ފަހަރު ހާމަކުރާނީ އަސާސީ މައުލޫމާތެވެ.

ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން -- އެމްބީއެސްގެ ފޮޓޯއެއް

މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޭއްވި ރާއްޖޭގެ އެންމެ ބޮޑު ގުނުން ބޯހިމެނުގެ ނަތީޖާ މި މަހުގެ 30 ވަނަ ދުވަހު އާންމުކުރުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިއީ ފުރަތަމަ ރިލީސް ކަމުން މި ފަހަރު ހާމަކުރާނީ އަސާސީ މައުލޫމާތެވެ. އެއީ؛

  • އާބާދީ - ދިވެހީންގެ އަދަދު، ބިދޭސީންގެ އަދަދު، ޖިންސާއި އުމުރުފުރާއިން
  • ގޭބީސީ - ގޭބީސީގެ އަދަދު، އެވްރެޖްކޮށް ގޭބީސީއެއްގައި އުޅޭ މީހުންންގެ އަދަދު
  • ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ އަދަދު - އިމާރާތްތައް، މީހުން ނިދާ ދިރިއުޅޭ ގެ/ ފްލެޓް/ އެޕާޓްމަންޓް/ ލޭބާ ކުއާޓާ/ މަސައްކަތް ހިނގާ ތަންތަނުގެ އަދަދު

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުނުގެ މަސައްކަތް -- މަސައްކަތު އާބާދީ މަސައްކަތް ކުރާ އިންޑަސްޓްރީ އާއި އޮކިއުޕޭޝަން އަދި އެކި ދާއިރާތަކުން ނެގިފައިވާ ތަފްސީލް މައުލޫމާތު ވެލިޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީހުރައް ފަހުން އާންމު ކުރާނެ ކަމަށެވެ.

އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިވެ ދިނުން ކަމަށްވެސް ބުނެފައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ އެނިއުމަރޭޓަރަކު އޭނާގެ ޓެބްގެ އެހީގައި ބޯހިމެނުމުގެ މައުލޫމާތު ނަގަނީ

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.