ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައިދެއްވުމަށް ރައީސް މާދަމާ އެ ރަށަށް ވަޑައިގަންނަވަނީ

ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާ އެ ރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ އިއްޔެ އެވެ. ޓެސްޓް ފްލައިޓްގައި ޕްލޭން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފަ އާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ދަތުރު ކުރެއްވި އެވެ.

ޓެސްޓް ފްލައިޓުން ދަތުރުކުރި ސަރުކާރުގެ ވެރީންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
  •  މަސައްކަތް ކުރީ އެމްޓީސީސީން
  •  1200 މީޓަރުގެ ރަންވޭއެއް
  •  އަގު 144.88 މިލިއަން ރުފިޔާ
  •  މަސައްކަތް ފެށީ މިދިޔަ އަހަރު ޖެނުއަރީގައި

ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.

ސަރުކާރުން ދަނީ ޑޮމެސްޓިކް އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.

ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި

ޓިކެޓް އަގު ބޮޑު

މޯލްޑިވިއަން އިން މިހާރު ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރެވޭނެ އަގުތައް ހާމަކޮށްފައެވެ. ފުރަތަމަ ދެ ދަތުރުގެ ޓިކެޓް ފެއާ އަގު -- ހެޔޮ އަގުގައި ވިއްކާނެ އެވެ. އެއީ 1،574 ރުފިޔާ އެވެ. ނަމަވެސް އޭގެ ފަހުން ޓިކެޓް ވިއްކާނީ 3،240 ރުފިޔާއަށެވެ.

މިއީ ނިސްބަތުން ބޮޑު އަދަދެކެވެ.

އެތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން މީގެ ކުރީން ސަރުކާރުން ވަނީ ކުރީގެ އަގުތަކަށް ވުރެ 200 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު އެއަށް ވުރެ މާ ބޮޑު ތަނުން އަގު ބޮޑުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.