ފަރެސްމާތޮޑާ ދެކޮޅު ޓިކެޓް 210 ޑޮލަރަށް

މޯލްޑިވިއަން އިން މިހާރު ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރެވޭނެ އަގުތައް ހާމަކޮށްފައެވެ. ފުރަތަމަ ދެ ދަތުރުގެ ޓިކެޓް ފެއާ އަގު -- ހެޔޮ އަގުގައި ވިއްކާނެ އެވެ.

ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި --

ގދ. އަތޮޅުގެ ފަރެސްމާތޮޑާއަށް ދެކޮޅު ޓިކެޓް 210 ޑޮލަރަށް -- 3،240 ރުފިޔާއަށް ވިއްކުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް އިއްޔެ ވަނީ ޖައްސާފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރެވޭނެ އަގުތައް ހާމަކޮށްފައެވެ. ފުރަތަމަ ދެ ދަތުރުގެ ޓިކެޓް ފެއާ އަގު -- ހެޔޮ އަގުގައި ވިއްކާނެ އެވެ. އެއީ 1،574 ރުފިޔާ އެވެ. ނަމަވެސް އޭގެ ފަހުން ޓިކެޓް ވިއްކާނީ 3،240 ރުފިޔާއަށެވެ.

މިއީ ނިސްބަތުން ބޮޑު އަދަދެކެވެ.

އެތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން މީގެ ކުރީން ސަރުކާރުން ވަނީ ކުރީގެ އަގުތަކަށް ވުރެ 200 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު އެއަށް ވުރެ މާ ބޮޑު ތަނުން އަގު ބޮޑުކޮށްފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.

ސަރުކާރުން ދަނީ ޑޮމެސްޓިކް އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.