ކާށީދޫގައި ސްޓޯކެއް ޖެހުނު މީހަކު ނުގެނެވި 24 ގަޑިއިރު؛ ސީއެމްބިއުލާންސް ހަލާކުވެފައި

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދަނީ އެ ރަށުގެ ފިރިހެނަކަށެވެ. އެ މީހާ އަށް އިތުރު ފަރުވާ އަށް މާލެ ގެނެވޭ ގޮތް ވަނީ ނުވެފަ އެވެ. އެއީ ސީއެމްބިއުލާންސް ހާލުވެފައި އޮވެގެނެވެ.

މާލެ އަތޮޅު ކާށިދޫ

ކ. ކާށިދޫގައި އިއްޔެ ސްޓްރޯކެއް ޖެހުނު މީހަކު ސީއެމްބިއުލާންސެއް ނެތިގެން ނުގެނެވި 24 ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެ އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުން ކ. ކާށިދޫގައި އިއްޔެ ސްޓްރޯކެއް ޖެހުނު އުމުރުން 50 އަހަރާ ގާތްކުރާ އެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ނުގެނެވިފައި ވަނީ ދަތުރު ކުރާނެ އުޅަނދެއް ނެތިގެނެވެ. 

އެ މައުލޫމާތު އެނގޭ މީހަކު "މި" ނޫހަށް ވާހަކަ ދައްކަމުން ބުނި ގޮތުގައި އެރަށުގައި ސީއެމްބިއުލާންސެއް އޮތް ނަމަވެސް އޭގެން އެއްވެސް މަންފާއެއް ނުކުރެ އެވެ. އަދި އިއްޔެ އެރަށުގައި ސްޓޯރޯކެއް ޖެހިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހާ މާލެ ފޮނުވާން  ބެލިއިރު ސީއެމްބިއުލާންސުގެ ބޭނުން ނުކުރެވުނު ކަމަށެވެ.  

"އެވެސް ގޮތެއް ނެތިފަ އާއިލާ މިހާރު ތިބީ. ބަލި މީހާގެ ހާލުދަނީ ގޯސްވަމުން. ގެންދެވޭނެ އެއްވެސް ގޮތެއް ނެތް،" އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ފިރިހެން މީހާއަށް ސްޓްރޯކް ޖެހުމާ ގުޅިގެން ސިއްހީ މަރުކަޒުން އަމަލު ކޮށްފައި ވަނީ ވެސް ވަރަށް ޒިންމާދާރުކަން ކުޑަ އެވަރުގެ ކޭސްއެއްގައި އެޓެންޑް ކުރަން ޖެހޭ ވަރަށް ވުރެ ލަސްކޮށެވެ. 

"އާސަންދައަށް ފޮނުވަން ޖެހޭ ލިޔުންތައް ފޮނުވަން ވެސް އެހާ ލަސްވެގެން ދިޔަ. އެ މީހުން ބުނަނީ ސީއެމްބިއުލާންސް ހަލާކުވެފަ ކަމަށް. އެހެންވެ އެހެން ލޯންޗެއް ވެސް ހަމަޖެއްސި. އެ ލޯންޗައަށް ބަލި މީހާ އަރުވަން އާއިލާގެ މީހުން ދަބަސްތައް ހިފައިގެން ނުކުތީމަ ބުނީ އޭގެ އިންޖީނު ވެސް ހަލާކުވެއްޖެ ކަމަށް. އެހެންވެ އާއިލާ ތިބީ ކަންބޮޑުވުމެއްގައި،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފަރާތުން ކިޔައިދިނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.