ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ޓެސްޓް ފްލައިޓްގައި ޕްލޭން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފަ އާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ދަތުރު ކުރެއްވި އެވެ.

މޯލްޑިވިއަންގެ ފްލައިޓް ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސާފައި: މިއީ ޓެސްޓް ދަތުރު

ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިފި އެވެ.

ޓެސްޓް ފްލައިޓްގައި ޕްލޭން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފަ އާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ދަތުރު ކުރެއްވި އެވެ.

ޓެސްޓް ފްލައިޓުން ދަތުރުކުރި ސަރުކާރުގެ ވެރީންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިނިސްޓަރު އަސްލަމަށް ފަރެސްމާތޮޑާއިން މަރުހަބާ ކިޔުން

  •  މަސައްކަތް ކުރީ އެމްޓީސީސީން
  •  1200 މީޓަރުގެ ރަންވޭއެއް
  •  އަގު 144.88 މިލިއަން ރުފިޔާ
  •  މަސައްކަތް ފެށީ މިދިޔަ އަހަރު ޖެނުއަރީގައި

ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.

ސަރުކާރުން ދަނީ ޑޮމެސްޓިކް އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.