އެސްތިމާރު އަންނަނީ 343 މިލިއަންގެ ރޯސްވުޑާއެކު ބޮޑެތި އިންސްވެސްޓްމެންޓް ހިފައިގެން

އެސްތިމާރަކީ އިމާރާތް ކުރުމާއި، ރެއަލް އެސްޓޭޓުގެ އިތުރުން ސިއްހީ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ގަތަރުގެ ޕަވާ އިންޓަނޭޝަނަލް ހޯލްޑިންސް ގެ ވައިސް ޗެއާމަން އަދި ސީއީއޯ ރަމީޒް އަލް ޚައްޔާތު
  •  ރާއްޖެއަކީ ރަނގަޅު ގައުމެއްކަން އެނގިއްޖެ
  •  ރާއްޖެއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރިޓާން ރަނގަޅު

ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ ކާމިޔާބީއަށް ފަހު، ރާއްޖެއަކީ އިންވެސްޓް ކުރަން ރަނގަޅު ގައުމެއްކަން ރަނގަޅަށް އެނގިއްޖެ ކަމަށާއި، އެހެން ކަމުން ރާއްޖޭގައި އިތުރު ބޮޑެތި މަޝްރޫއުތަކެއް ހިންގަން ވިސްނަވާކަމަށް އެ ރިސޯޓުގެ އޯނަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ގަތަރުގެ ޕަވާ އިންޓަނޭޝަލް ހޯލްޑިންސް ގްރޫޕުގެ ސީއީއޯ ރަމީޒް އަލް ޚައްޔާތު ވިދާޅުވެއްޖެ އެވެ.

އެ ގުރޫޕުގެ ސަބްސިޑަރީ ކުންފުނި، އެސްތިމާރުން މިހާރު ވެސް އަންނަނީ މާލެއަތޮޅު ދެކުނުބުރީގެ އިތުރުފަޅެއްގައި އަލްޓްރާ ލަގްޒަރީ ބްރޭންޑް، ރޯސްވޫޑްގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ އިތާފުށީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރަމީޒް ވިދާޅުވީ އާ މަޝްރޫއުގެ ޖުމްލަ އަގު 343 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތާފުށީގެ ތަޖުރިބާއިން ފާހަގަވި ކަމަކީ ރާއްޖެއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރިޓާން ރަނގަޅު ކަމަށެވެ. 

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުން ރަނގަޅު އެއްޗެއް އަނބުރާ ލިބޭކަން. މިއީ [އިންވެސްޓުކުރަން] ވަރަށް ރަނގަޅު ގައުމެއް" ރަމީޒް ވިދާޅުވި އެވެ.

ރޯސްވުޑްގެ ރިސޯޓު ނިމުމުން ހުންނާނެ ގޮތުގެ ފޮޓޯއެއް -- އެސްތިމާރު

ރަމީޒް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ލަގްޒަރީ މަންޒިލެކެވެ. ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ އަސަރު ވިޔަފާރިއަށް ކުރާ މިންވަރު ރާއްޖޭގައި ކުޑަ އެވެ. އަދި ދިވެހި ސަރުކާރުން ކޮވިޑު މެނޭޖުކުރި ގޮތަށް ތައުރީފު ކުރައްވާ އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް ވިޔަފާރިއަށް ފަހިކަން ހާމަވި ކަމެކެވެ. 

"އަހަރެމެންގެ ޕޯޓްފޯލިއޯގައި އަދި ބައިވަރު ބްރޭންޑުތައް އެބަހުރި ރާއްޖެއަށް ގެންނަން ވެސް ބޭނުންވާ، ކުރިއަށް އޮތް ތިނެއް ނުވަތަ ފަސްއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ތިނެއް ނުވަތަ ހަތަރު އިތުރު ޕްރޮޖެކްޓް އަޅުގަނޑުމެން ފަށާނަން" އޭނާ ވިދާޅުވި އެވެ.


ބޮޑު އިންވެސްޓްމަންޓުގެ ދެ ޕާޓްނަރުން ކަމަށްވާ ރަމީޒް އަލް ޚައްޔާތު އަދި މުހައްމަދު އަލީ ޖަނާހު

އެސްތިމާރަކީ އިމާރާތް ކުރުމާއި، ރެއަލް އެސްޓޭޓުގެ އިތުރުން ސިއްހީ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ. ރަމީޒް ވިދާޅުވީ ރާއްޖޭގައި ވެސް ފަތުރުވެރިކަން ފިޔަވާ އިތުރު ދާއިރާތަކަށް އިންވެސްޓް ކުރުމަކީ ކުރިއަށް އޮތް ތަނުގައި ނެތް ކަމެއް ނޫން ކަމަށެވެ.

ރޯސްވޫޑް ރިސޯޓު ތަރައްގީ ކުރާ ފަޅު: މިއީ މާލެ އަތޮޅު ދެކުނުބުރީގައި، ރަންނާޅި ރިސޯޓު ކައިރީގައި އޮންނަ ފަޅެއް

ރޯޒްވުޑްގެ ރިސޯޓުގެ މަޝްރޫގެ އުސްއަލިތައް

  •  343 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް
  •  ތަރައްގީ ކުރަނީ ފެމިލީ ފްރެންޑްލީ ކޮންސެޕްޓަށް
  •  128 އަލްޓްރާ ލަގްޒަރީ ވިލާ
  •  5 ޕްރައިވެޓް އައިލެންޑް
  •  ބްރޭންޑެޑް 8 ރެސްޓޯރެންޓް
  •  ދުނިޔޭގެ ފެންވަރުގެ ވޯޓާ ޕާކެއް

ގަތަރުގެ ކުންފުންޏާއެކު، އިތާފުށީގެ ޕާޓްނަރެއްގެ ގޮތުގައި ހުންނަވާ، ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވެސް ޕްރެސް ކޮންފަރެންސަގައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އެ ކުންފުނީގެ ބޮޑު ދެ މަޝްރޫއެއް އިއުލާނު ކުރަން ތައްޔާރުވަމުން ގެންދާ ކަމަށެވެ.

ކުރީ ކާމިޔާބު ތަޖުރިބާއެއް - ޖަނާހުގެ ކޮންސްޓްރަކްޝަން ކުންފުންޏާ ގުޅިގެން އެސްތިމާރުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ގަތަރުގެ ބަނާނާ އައިލެންޑްގެ މަޝްރޫ އެވެ. 2015 ވަނަ އަހަރު ހުޅުވި އެ ރިސޯޓުގެ މަސައްކަތަށް ފަހު އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމީ ޖަނާހުގެ ދައުވަތަކަށެވެ. ޖެހިގެން އައި އަހަރު ފެށި އިތާފުށި މަޝްރޫއު ނިންމާލާ، 2019 ވަނަ އަހަރު އޮޕަރޭޝަނަށް ގެނައެވެ. އެ ރިސޯޓު ހިންގާތާ މިހާރު ހަތަރު އަހަރުވީއިރު، ބައިނަލް އަގުވާމީ ގިނަ އެވޯޑުތަކެއް ހޯދާފައި ވެއެވެ.
އެސްތިމާރު: ކޮންބައެއް؟ - އެސްމާރު ހޯލްޑިންސް އަކީ ގަތަރުގެ ޓޫރިޒަމް ދާއިރާގައި ސާބިތުވެ އޮތް ރަނގަޅު ޓްރެކް ރެކޯޑެއް އޮންނަ ޕަބްލިކް ކުންފުންޏެކެވެ. އެ ކުންފުނިން ތަރައްގީ ކޮށްފައިވާ ބިޔަ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ލުސައިލްގެ އަލް މަހާ އައިލެންޑާއި އެސްޕަޔާގެ މައިސަން ރިސޯޓާއި ކަޓަރާގެ ކަޓަރާ ހިލްސް ރިސޯޓު ހިމެނެ އެވެ. އަދި މިހާރު ރާއްޖޭގައި ކުރާ މި ބިޔަ އިންވެސްޓްމަންޓަކީ މިގޮތަށް ކުރާ ބިޔަ އިންވެސްޓްމަންޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.