ފާޑުކިޔުން އަމާޒުވި ނެށުމަށް މެޑަމް ފަޒްނާގެ ތައުރީފް

މެޑަމް ފަޒްނާ ސިފަ ކުރެއްވި ގޮތުގައި ބާލިންގައި ދިވެހި ފަންނާނުން ހުށައަޅައިދިނީ ވަރަށް "ލޯބި" ހުށައެޅުމެކެވެ.

"އައިޓީބީ ބާލިން 2023" ގައި ދިވެހީން ހުށައެޅި އައިޓަމް ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ

"އައިޓީބީ ބާލިން 2023" ގައި ދިވެހި ސަގާފީ ނެށުމެއް ކަމަށް ބުނެ ހުށައަޅައި ދިން އައިޓަމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއީ ވަރަށް އުފެއްދުންތެރި "ލޯބި" ހުށައެޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ނަށާ ގުރޫޕަކުން ބާލިން ފެއާގައި މި ފަހަރު ހުށައަޅައިި ދިން ނެށުމަށް ވަރަށް ގިނަ ބަަޔަކު ދަނީ ފާޑުކިޔަމުންނެވެ. ދިވެހި ސަގާފީ ނެށުމެއް ކަމަށް ބުނެ ހުށައަޅައި ދިން އައިޓަމްގައި އަންހެނުންނާއި ފިރިހެނުން ވަރަށް ގައިގޯޅިކޮށް ނަށާފައި ވެއެވެ. އަދި އެ ނެށުމުގައި ދިވެހީންގެ ސަގާފީ އެއްވެސް ހަރަކާތެއް ނުފެނެ އެވެ.

އެކަން ފާހަަގަކޮށް ނަށާ ގުރޫޕްތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވެސް ވަނީ ފާޑުކިޔާފަ އެވެ. ރާއްޖެއިން ހުށައެޅި އައިޓަމެއްގައި އަންހެނުންނާއި ފިރިހެނުން ވަރަށް ގައިގޯޅިކޮށް ނަށާފައި ވާތީ ދީނީ އިލްމުވެރިން ވެސް ވަނީ ފާޑުކިޔާފަ އެވެ. ހާއްސަކޮށް މި ސަރުކާރު ދިފާއުކުރާ އަދާލަތު ޕާޓީގެ އިލްމުވެރީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކޮންމެ ކަމެއް ރަނގަޅު ކަމަށް ދައްކަން މަސައްކަތް ކުރައްވާ ދެ އިލްމުވެރީން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފާއި ޝައިހް އަލީ ޒައިދު ހިމެނެ އެވެ. އެ ބޭފުޅުން ވަނީ އެފަދަ އައިޓަމެއް ހުށައެޅިއިރު ރައީސް ސޯލިހް ބައްލަވަން ހުންނެވުން ވެސް ކުށްވެރި ކުރައްވާފަ އެވެ.

ބާލިން ފެއާގައި ހުށައެޅި އައިޓަމަށް އެތައް ބަޔަކު ފާޑުކިޔުން އަމާޒު ކޮށްފައި ވަނިކޮށް އަދި އެއީ ދިވެހި ސަގާފަތަށް ކުރި ފުރައްސާރައެއް ކަމަށް ސަގާފީ ނެށުންތައް ކުރިއަރުވަން މަސައްކަތް ކުރާ ގުރޫޕްތަކުން ބުނެފައި ވަނިކޮށް މެޑަމް ފަޒްނާ ވަނީ ބާލިން ގައި ނެށި މީހުންނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެ ހުށައެޅުން ވަރަށް އުފެއްދުންތެރި ކަމަށް ވިދާޅުވެފައެވެ.

ފަޒްނާ ސިފަ ކުރެއްވި ގޮތުގައި ބާލިންގައި ދިވެހި ފަންނާނުން ހުށައަޅައި ދިނީ ވަރަށް "ލޯބި" ހުށައެޅުމެކެވެ.

"އައިޓީބީ ބާލިން 2023" ގައި ދިވެހީން ހުށައެޅި އައިޓަމަށް ފަހު ރައީސްގެ ދެކަނބަލުން އެ މީހުންނާއެކު ފޮޓޯއަކަށް ހުއްޓިގެން

ބާލިން ފެއާގައި ރާއްޖެއިން ބައިވެރި މިވީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.

މީގެ ކުރީން ރާއްޖެ ބައިވެރިވި ކޮންމެ ފަހަރަކުވެސް ފަންނާނުން ގެންގޮސްގެން ހާއްސަ އައިޓަމެއް ހުށައަޅައެވެ. އެކި ފަހަރު އެ ފުރުސަތު ދެނީ އެކި ގުރޫޕްތަކަށެވެ. އާންމުކޮށް ހުށައަޅާ ކޮންމެ ހުށައެޅުމަކަށް ތައުރީފު ލިބެއެވެ.

ނަމަވެސް މި ފަހަރުގެ އައިޓަމަށް ފާޑުކިޔުން އަމާޒުވީ ވަރަށް ބޮޑަށް ގައިގޯޅިވެގެން ނެށުމާއި ސަގާފީ ހެދުމުގައި ތިބެ ސަގާފީ ނެށުމެއް ކަމަށް ބުނެ އެ މީހުން. ނެށި ގޮތުންނެވެ. އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.