ދިއްދޫ ކޮލެޖާއި އަލިފުށީ ޓިވެޓް ހިންގާނެ ބަޔަކު ހޯދަނީ

މި ދެ އިންސްޓިޓިއުޓް ގައި ހިންގާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ހާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި - ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީ ހުރެ އެވެ.

ހއ.ދިއްދޫ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލައިފި އެވެ. 

ހަޔާ އެޑިޔުކޭޝަނުން ދިއްދޫގައި ހަދާ ޖޫނިއަރ ކޮލެޖާއި އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު ހުޅުވާލި އިރު އެ ދެ ޕްރޮޖެކްޓްގެ ވެސް ކޮންކްރީޓް މަސައްކަތްތަކުގެ 90 ޕަސެންޓް ވަނީ ނިމިފަ އެވެ. 

މި ދެ އިންސްޓިޓިއުޓް ހިނގައި ދޭން ޝައުގުވެރިވާ މީހުނަށް ރިކްއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑާ ޑޮކިޔުމެންޓްތައް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ޓެންޑަރު ސުންގަޑިއަކީ 27 މާރިޗެވެ.

މިނިސްޓްރީން ބުނީ މަސައްކަތް ނިންމުމުން އޮޕަރޭޓް ކުރަން ހަވާލު ކުރާއިރު ބޭނުންވާ ހުރިހާ ފަރުނީޗަރާއި އިކުއިޕްމެންޓް އަދި ފިޓިންސް އިންސްޓޯލް ކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ހަވާލުވާ ފަރާތް ކަމަށެވެ.

ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގާށެވެ. އަލިފުށީ ޓިވެޓް ސެންޓަރު ހާއްސައީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތަކަށެވެ. އަދި ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެން ކޯސްތައް ވެސް އަލިފުށީގައި ހިންގާނެ އެވެ.

  • 1.ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސައީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް
  • 2.އަލިފުށީ ޓިވެޓް ސެންޓަރު ހާއްސައީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތަކަށް

މި ދެ އިންސްޓިޓިއުޓް ގައި ހިންގާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ހާއްސަ ލެބޯޓަރީ އާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި - ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީ ހުރެ އެވެ. އިދާރީ ހިދުމަތުގެ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ހިމެނެ އެވެ.

މީގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.