އެލައިޑުގެ ޕެރިލްސް އިންޝުއަރަންސަކީ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ވަކިވަކި ބައެއް ނުރައްކާ ތަކުން ކޮމާޝަލް އެކްޓިވިޓީއެއް ހިންގާ އިމާރާ ތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭން އެކެވެ.
އަލިފާނުގެ ހާދިސާތައް ހިނގަނީ ބުނެފައެއް ނޫނެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެވެ. މާލޭގައި އިމާރާތް ކުރުމުގެ ސިނާއަތު ކުރިއަރާ އޭގެ ތެރެއިން އެތައް އިމާރާތެއްގައި އޮފީސްތަކާއި ފިހާރަ އާއި ގުދަން ހިންގަމުން ދެ އެވެ. މީހުން ދިރިއުޅެމުން ވެސް ދެ އެވެ. އެންމެ އިމާރާތެއް ވެސް އެތައް ބައެއްގެ މަސްލަހަތާ ގުޅެ އެވެ. ދިމާވާ ކުޑަ ކަމަކުން ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުން އެކަށީގެން ވެއެވެ.
އަލިފާނުގެ ހާދިސާއެއް ނުވަތަ އެހެންވެސް ނުރައްކަލެއްގެ ސަބަބުން ޕްރޮޕަޓީއަކަށް ލިބިދާނެ ގެއްލުމަކުން އިންޝުއާވުމަށް އެލައިޑުގެ ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް ނަގައިފި ނަމަ ޔަގީނުން ވެސް ފައިދާ ބޮޑުވާނެ އެވެ.
ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސަކީ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ވަކިވަކި ބައެއް ނުރައްކާ ތަކުން ކޮމާޝަލް އެކްޓިވިޓީއެއް ހިންގާ އިމާރާ ތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އަދި ފިހާރައާއި އޮފީސް ފަދަ ތަންތަން ހިންގާ އިމާރާތެއްގައި މީހުން ދިރިއުޅޭ ޔުނިޓުތައް ހުރިނަމަ ވެސް މި ޕްލޭނުގެ ދަށުން އެތަންތަން ކަވަރުކޮށްދޭނެއެވެ.
މިސާލަކަށް އަލިފާނުގެ ހާދިސާތަކުގެ އިތުރުން އެއްޗެއް ގޮވުން ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެންބޮޑުވުން، ފެންހޮޅި ފަޅައިގެން ގޮސް ގެއްލުން ވުން ނުވަތަ ގުދުރަތީ ގޮތުން ހިނގާ ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ކްލެއިމް ކުރެވޭނެ އެވެ. މީގެ އިތުރުން އިމާރާތުގެ ތެރެއަށް ގަދަކަމުން މީހަކު ނުވަތަ ބަޔަކު ވަދެ ވައްކަން ކޮށްފިނަމަ އެކަމުގެ ތެރޭގައި އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ވަގަށް ގެންދިޔަ އެއްޗެއްސަށް ކަވަރޭޖު ލިބޭ އެކްސްޓެންޝަނެއް ވެސް ޕްލޭނަށް އިތުރުކުރެވިދާނެއެވެ.
މި ޕްލޭނުން ރައްކާތެރިކަން ލިބެނީ އިމާރާތުގެ އިތުރުން އެތެރޭގައި ހުރި މުދަލަށެވެ. އޭގެ ތެރޭގައި އިމާރާތުގައިވާ ތަފާތު ޕާމަނަންޓް ފިކްސްޗާތަކާއި ފިޓިންގްސް، ފަރުނީޗަރު، ވިޔަފާރި މުދާ އަދި މެޝިނަރީ ހިމެނެ އެވެ. މީގެ އިތުރުން އިމާރާތަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން ގެންދާ އިމާރާތެއް ނަމަ ގެއްލުމާ ގުޅިގެން ގެއްލޭ ނުވަތަ ހުއްޓޭ ކުލީގެ އާމްދަނީ ވެސް މި ޕްލޭނުން ކަވަރު ކޮށްދޭނެ އެވެ. އަދި އިމާރާތުގެ އާކިޓެކްޓް އަދި ސާވޭ ފީތައް ވެސް ކަވަރު ކޮށްދޭނެ އެވެ. މިއީ ވަރަށް ފުޅާ އަދި ފައިދާ ބޮޑު ޕްލޭނެއް ކަމުން ދިމާވެދާނެ ނުރައްކާތެރި ހާލަތެއް ނުވަތަ ހާދިސާއަކުން ތިޔަބޭފުޅުންގެ އިމާރާތްތަކަށާއި އޭގައިވާ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުން މުހިންމެވެ.
މި އިންޝުއަރެންސުގައި ހިމެނޭ ބައިތަކާއި ގަވަރުކުރާނެ މުދާ:
އިމާރާތަށް ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް ޕޮލިސީއެއް ހޯދުމަށް ޓަކައި އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަ ޕްރޮޕޯޒަލް ފޯމް ފުރުމަށް ފަހު ހުށަހަޅާށެވެ. މި ޕްލޭން ނެންގެވި ނަމަވެސް، ހާދިސާއަކުން ލިބިދާނެ ގެއްލުމެއް ވީހާ ވެސް ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ވެރިފަރާތުގެ ޒިންމާއެއްކަން ހަނދާން ބަހައްޓަން ވާނެ އެވެ. އަދި ހަމަ އެހެންމެ ހާދިސާއެއް ކުރިމަތިވާ ހިނދު، ވީ އެންމެ އަވަހަށް، ކަމާބެހޭ ފަރާތްތަކަށާއި އެލައިޑަށް އެކަން ރިޕޯޓް ކުރުމަކީ ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމެކެވެ.