އުރީދޫ ހިއްސާދާރުންނަށް ބަހަނީ ، 3.04 އިތުރުވީ 0.34 ލާރި

އުރީދޫއަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. ނަމަވެސް ހިއްސާދާރުންނަށް ބަހަން ލިބުނީ 3.04ލ. އެވެ.

އުރީދޫ މޯލްޑިވްސްއިން ރޭ ބޭއްވި އޭޖީއެމްގައި އެ ކުންފުނީގެ ބޯޑް -- އުރީދޫ

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިން 3.04ރ. ބަހަން ރޭ ވަނީ ފާސް ކޮށްފަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ބެހި 2.70ރ. އާ އަޅާބަލާ ނަމަ 0.34ލ. އެވެ. 

މުއާސަލާތީ ހިދުމަތް ރާއްޖޭގައި ދީގެން ބޮޑު ފައިދާއެއް ހޯދާ އުރީދޫން ރޭ ކްރޮސްރޯޑުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި 125 ހިއްސާދާރުން ބައިވެރިވެ، 135،649،994 ހިއްސާދާރުން ތަމްސީލް ކޮށްފައި ވެއެވެ. 

މި ހިއްސާދާރުންގެ 87 ޕަސެންޓުގެ ވޯޓުން ވަނީ ހިއްސާގެ ފައިދާ ބަހަން ނިންމާފަ އެވެ. 

އުރީދޫގެ މިދިޔަ އަހަރުގެ މާލީ އުސް އަލިތައް

  •  ޖުމުލަ އާމްދަނީ -- 1.9 ބިލިއަން
  •  ސާފު ފައިދާ -- 560 މިލިއަން ރުފިޔާ

އުރީދޫއަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ކޮވިޑް-19 ގެ ކުރީގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބެމުން ދިޔަ އެވެ. 

އުރީދޫއަކީ ކޮން ބައެއް؟ - އުރީދޫ ގްރޫޕްއަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީގެ އޭޝިއާގައި ޓެލެކޮމް ހިދުމަތްދޭ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ 1. އޮގަސްޓް 2005 ގަ އެވެ. ފުރަތަމަ ރާއްޖޭގައި ހިދުމަތް ފެށީ ވަތަނިއްޔާގެ ނަމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.