މިއަހަރުގެ ފެއާ ކުރިއަށް ދާނީ ރުއްގަނޑު އެކެއްގައި، މި ހަފްތާ ބަންދުގަ އެވެ. އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ފެއާ ކުރިއަށް ދާނެ އެވެ.
ބައިނަލްއަގްވާނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން ބެނެފިޓް އިން "ރުއްގަނޑު ފެސްޓިވަލް" ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ރުއްގަނޑު ފެސްޓިވަލަކީ ހުޅުމާލެ ރުއްގަނޑު އެކެއްގައި ބެނެފިޓްގެ ފަރާތުން ބާއްވަމުން އަންނަ ފަންޑްރެއިޒާ އިވެންޓެކެވެ. މިއަހަރުގެ ފެއާ ކުރިއަށް ދާނީ ރުއްގަނޑު އެކެއްގައި، މި ހަފްތާ ބަންދުގަ އެވެ. އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ފެއާ ކުރިއަށް ދާނެ އެވެ.
އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން ބާއްވާ މި ފެއާގައި ބެނެފިޓްގެ އާ ކެމްޕޭން "ޗައިލްޑް ކެއާ ފޯ ޓުމޯރޯ" އިފްތިތާހު ކުރުން އޮންނާނެ އެވެ. އެ ޖަމިއްޔާ އިން ބުނީ އެއީ ރާއްޖޭގެ އެކި ދާއިރާތަކުގައި މުހިންމު ދައުރެއް އަދާކުރާ އަންހެނުންނަށް ހާއްސަކޮށްގެން މަސައްކަތުގެ ދާއިރާގައި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް ވަކާލާތުކުރުމުގެ ގޮތުން އިފްތިތާހު ކުރާ ކެމްޕޭނެއް ކަމަށެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ފެއާއެކޭ އެއްފަދައިން ގަސް ވިއްކާ، ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ގަސް ފެޓިވަލެއް ވެސް އޮންނާނެ އެވެ.
ފެއާގެ ހުރިހާ ސްޓޯލަކުން ވެސް ފެނިގެންދާނީ ދިވެހި އުފެއްދުންތެރިންގެ ފަންނީ މަސައްކަތްތަކާއި ދިވެހި އުފެއްދުންތަކެވެ. ބެނެފިޓުން ބުނީ މިއީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ފެއާ އެއް ކަމަށެވެ. އާއިލާއާއެކު ހިތްފަސޭހަ ވަގުތު ކޮޅެއް ހޭދަކޮށްލަން މި ފެއާ ވަރަށް ސަޅި ވާނެ އެވެ.
މިއަހަރުގެ ރުއްގަނޑު ފެސްޓިވަލްގެ އިވެންޓް ޕާޓްނަރަކީ ލިކަމެކް ޕްރައިވެޓް ލިމިޓެޑެވެ.