މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތް ފަށާ އަޑުއެހުން ކެންސަލްކޮށްފި އެވެ.
މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މިއަދުގެ 11:00 އަށެވެ. އެކަމަކު އައްބާސަށް ޗިޓު ރައްދުވެފައި ނުވާތީ މައްސަލަ ކެންސަލްކުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.