ތެޔޮ ގުދަނުގައި ރޯވުމުގެ ގާދިސާތަކަކީ އިންޑޮނޭޝިއާގައި ރިކޯޑް ކުރެވިފައި ހާދިސާތަކެކެވެ. އަދި މިފަހަރު ރޯވި ގުދަނުގައި 2009 ވަނަ އަހަރު ވެސް ރޯވެފައި ވެއެވެ.
އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގެ ބޮޑު ގުދަނެއްގައި އަލިފާން ރޯވެ 17 މީހުން މަރުވެ 50 އަށް ވުރެ ގިނަ ބަޔަކު ފިހުމާއެކު ޒަހަމްވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
މި ތެޔޮ ގުދަނީ 2009 ވަނަ އަހަރު ވެސް އަލިފާން ރޯވި ގުދަނެކެވެ.
ސަރުކާރުގެ ޕެރްތެމީނާ ކުންފުނީގެ ގުދަނުގައި ރޯވި އަލިފާންގަނޑު އެހެން ބައެއް އިމާރާތްތަކަށް ވެސް ފެތުރި ބައެއް ގެދޮރު ވެސް އަނދައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. އެތައް ގަޑިއިރެއްގެ ވަގުތު ނަގައިގެން އަލިފާން ނިއްވާލެވިފައި ވިޔަސް ތެޔޮ ގުދަން ހިމެނޭ މުޅި ސަރަހައްދު މިހާރު ވަނީ ތަހުގީގަކަށާއި ރައްކާތެރިކަން ސާބިތު ކުރުމަށް ބަންދު ކޮށްދަ އެވެ
ސަރުކާރުން ބުނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އިތުރު ހާދިސާއެއް ތަކުރާރުވިޔަ ނުދޭނެ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ޖަކާޓާއަށް ބޭނުންވާ މިންވަރަށް ތެލާއި ގޭސް ފޯރު ކޮށްދިނުމުގައި ދައްޗެއް ނެތް ކަމަށް ވެސް ބުންޏެވެ.
ތެޔޮ ގުދަނުގައި ރޯވުމުގެ ގާދިސާތަކަކީ އިންޑޮނޭޝިއާގައި ރިކޯޑް ކުރެވިފައި ހާދިސާތަކެކެވެ.