ހުޅުދޫ މީހަކު ގެއްލިގެން ހޯދަނީ، ހަބަރެއް ނުވާތާ ތިން މަސް

އާރިފް ހޯދަމުންދާކަން ފުލުހުން އޭނާގެ ފޮޓޯއާއެކު އާންމުކުރީވެސް ބައެއް ނޫސްތަކުން އާއިލާއާ ހަވާލާދީ ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ގެއްލިގެން ހޯދަމުންދާ މީހާ

އައްޑޫ ސިޓީ ހުޅުދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުން ދަނީ ސ. ހުޅުދޫ / ސަނީލޮޖް، އަލީ އާރިފް (46އ) އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އާރިފްގެ ހަބަރެއް ނުވެގެން އެކަން ފުލުހުންގެ ސަމާލު ކަަމަށް އާއިލާއިން ވަނީ ގެނެސްފައެވެ. އާރިފް ގެއްލިގެން ހޯދާކަން ފުލުހުން މިއަދު އިއުލާނު ކުރި ނަމަވެސް އާއިލާއިން އެކަން ރިޕޯޓް ކޮށްފައިވަނީ މީގެ ދެ ހަފްތާ ކުރީން ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.

އާރިފް ހޯދަމުންދާކަން ފުލުހުން އޭނާގެ ފޮޓޯއާއެކު އާންމުކުރީވެސް ބައެއް ނޫސްތަކުން އާއިލާއާ ހަވާލާދީ ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

އާއިލާއިން ބުނާ ގޮތުން މިދިޔަ ޑިސެންބަރު މަހުގެ ފަހުން އާރިފްގެ ހަބަރެއް ނުވެއެވެ. ފުލުހުންވެސް ވަނީ އެކަން އާއިލާއާ ހަވާލާދީ މިއަދު އާންމުކޮށްފައެވެ. ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާ އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އާރިފް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަން އާންމުކޮށް އިއުލާނު ކުރުން ފަސްކުރީ ކީއްވެގެން ކަމަށް ނުބުނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.