އޭއީއެޗަށް 29 ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މާރިޗް ހަ ވަނަ ދުވަހާ ހަމައަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށަހެޅޭނެ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކުރިޔަށް ދަނީ: އެ ހޮސްޕިޓަލަށް ސްޕެޝަލިޓުން ހޯދަމުން ދޭ -- އޭއީއެޗް

އައްޑު އަތޮޅު ހިތަދޫގައި ހިންގާ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ސްޕެޝިލިސްޓް ޑޮކްޓަރުންގެ މަގާމްތަކަށް ދިވެހިން ހޯދަން އިއުލާނެއް ކޮށްފިއެވެ.  

އެކި ދާއިރާތަކުން އެ ހޮސްޕިޓަލަށް ހޯދަނީ 29 ދިވެހި ޑޮކްޓަރުންނެވެ. އަދި އެއީ ދާއިމީ ޑޮކްޓަރުންނެވެ. 

އެ މީހުނަށް 25،000ރ އާއި 55،000ރ ލިބޭއިރު ސާވިސް އެލަވެންސްގެ ގޮތުގައި 12،000ރ އަށް ވުރެ ބޮޑު އަދަދަކާއި އެހެން އިނާޔަތްތައް ދޭނެ އެވެ. އަދި ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މާރިޗް ހަ ވަނަ ދުވަހާ ހަމައަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށަހެޅޭނެ އެވެ.

ސްޕެޝިލިސްޓް ޑޮކްޓަރުން ބޭނުން ދާއިރާތައް

  • 1.ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން
  • 2.އިމަޖެންސީ ފިޒިޝަން
  • 3.އެނެސްތީސިއޮލޮޖީ
  • 4.ސަޖަރީ
  • 5.އީއެންޓީ
  • 6.ޕީޑިއެޓްރިކްސް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ
  • 7.ސައިކޭޓްރީ
  • 8.އޯތޯޕީޑިކްސް
  • 9.ރޭޑިއޮލޮޖީ، ޑަމަޓޮލޮޖީ
  • 10.ޕެތޮލޮޖީ
  • 11.ޔޫރޮލޮޖީ
  • 12.އޮފްތަލްމޮލޮޖީ
  • 13.އޯތޯޑޮންޓިކްސް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.