އަލަމްގީރުގެ ވިޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރަން ފަށައިފި

އަލަމްގީރް އާއެކު އެއް އެނދެއްގައި އެއް ޖިންސުން ގުޅުންގި މީހުންގެ ތެރެއިން ވިޑިއޯތަކުން ފެނި ތުހުމަތުވެފައި ވަނީ މިހާތަނަށް ތިން މީހަކަށެވެ.

އަލަމްގީރް

ރާއްޖެއަށް މަސައްކަތުގައި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި ވިޑިއޯތަކެއް ލީކްވެފައިވާއިރު ތުހުމަތު ކުރެވޭ ދިވެހިން ހައްޔަރު ކުރަން ފަށައިފި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރު ކުރަނީ ކޯޓު އަމުރުތަކެއްގެ ދަށުންނެވެ.

ހައްޔަރު ކުރަން ކްރިމިނަލް ކޯޓު އަމުރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މީހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެވެ.

އަލަމްގީރު އާއެކު އެތައް ސަތޭކަ ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ނަމަވެސް ތުހުމަތު ވެފައި ވަނީ މި ފަރާތްތަކަށެވެ.

މިއަދު ނެރުނު އަމުރާއެކު ކާނަލް ނަޝީދު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނާޒިމް ހުރީ ރިސޯޓެއްގަ އެވެ. އަބްދުއްރަހްމާން ރަފީއު ހައްުޔަރު ކުރިކަން ސާފެއް ނުވެއެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.