ޓެކްސީއަށް މަންޒަރާއި އަޑު ރެކޯޑު ކުރެވޭ ކެމެރާ ލާޒިލްކޮށްފި

ވީޑިއޯ ރައްކާ ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ޓެކްސީ ސެންޓަރުންނެވެ. އެކަމަށް ހާއްސަ ސްޓޯރޭޖް ޑިވައިޒެއް ސެންޓަރުގައި ހުންނަން ޖެހެ އެވެ. ދަތުރުގައި އުޅޭ ހުރިހާ ވަގުތެއްގައި މަންޒަރާއި އަޑު ރެކޯޑު ކުރަމުން ދާނެ އެވެ.

މާލޭގެ ޓެކްސީތަކެއް: ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ޓެކްސީ ދޫކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ -- މި

ހުރިހާ ޓެކްސީތަކެއްގައި ކެމެރާ ހަރުކޮށް ހަތް ދުވަހުގެ ވީޑިއޯ ބަހައްޓަން ޖެހޭ ގޮތަށް ޓެކްސީ ސެންޓަރުތަކަށް ލާޒިމް ކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު އާއްމު ކޮށްފައިވާ ގަވައިދެއްގައިވާ ގޮތުން ޓެކްސީގައި ތިބޭ ފަސިންޖަރުންނާއި ޑްރައިވަރުން ފެންނާނެހެން ކެމެރާ ހަރު ކޮށްފައި ހުންނަން ޖެހެ އެވެ. 

ޓްރާންސްޕޯޓުން ބުނީ ކީކޭ؟ ޓްރާންސްޕޯޓުން ބުނީ ޓެކްސީ ހިދުމަތް ދޭ ހުރިހާ ވަގުތެއްގައި ވެސް ކެމެރާ ހުންނަން ޖެހޭނީ ކެރޯޑު ކުރެވޭ ހާލަތެއްގަ އެވެ. މިގޮތަށް ކޮށްފައިވާ ރެކޯޑެއް އެ ރެކޯޑު ކުރެވުނު މުއްދަތުން ފެށިގެން ހަފުތާއަކަށް ޓެކްސީ ސެންޓަރުން ބަލަހައްޓަން ޖެހެ އެވެ.

\ހަރުކޮށްފައި ހުންނަ ކެމެރާތައް ހުންނަން ޖެހޭ މިންގަނޑުތަކެއް ވެސް ގަވާއިދުގައި ބުނެދީފައި ވެއެވެ. 

  • 1.ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓް ހަރުކުރެވެން ޖެހޭ
  • 2.ފަސިންޖަރުންގެ ރައްކާތެރިކަމަށް ވީޑިއޯ އެހެން ޑިވައިސްއަކަށް އެޅުމާއި ވީޑިއޯ ހިއްސާ ކުރުން މަނާ
  • 3.ކެމެރާގެ އަޑުވެސް ރެކޯޑު ކުރެވެން ޖެހޭ
  • 4.ޓެކްސީ ދުއްވާއިރު ކެމެރާ ހަރުކޮށްފައިވާ ކަމަށް، ރެކޯޑު ކުރާކަމް ފަސިންޖަރަށް އަންގަން ޖެހޭ
  • 5.ހަތް ދުވަސް ވަންދެން ޓެކްސީ ސެންޓަރުގެ ހާއްސަ ޑިވައިޒެއްގައި ވީޑިއޯ ހުންނަން ޖެހޭ

ޓެކްސީ ބިއްލޫރި ކަޅު ކުރެވޭނީ - އާ އުސޫލުގެ އިތުރުން ޓެކްސީގައި ކަޅު ބިއްލޫރި ޖެހުމާ ބެހޭ ގޮތުން ވެސް ޓްރާންސްޕޯޓުން ވަނީ ނިންމުންތަކެއް ނިންމާފަ އެވެ. މި އުސޫލުގެ ދަށުން ޓެކްސީގެ ބިއްލޫރި ކަޅު ކުރެވޭނީ މަގުގެ އަރިމަތީ ހުންނަ މީހަކު އުޅަނދަށް ބަލާއިރު ދަތުރުކުރާ ފަސިންޖަރު ފެންނަން ހުންނަ ވަރަށެވެ.

ޓެކްސީއަށް އާ ގަވައިދެއް ހެދިއިރު ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ މައްސަލައާ ޝަކުވާ ބޮޑު ހިދުމަތެކެވެ. މާލޭގައި ބަހުގެ ހިދުމަތް ފެށި ނަމަވެސް މިހާރުވެސް ގިނަ ބަޔަކު ދަނީ ޓެކްސީގެ ހިދުމަތް ހޯދަ އެވެ. އަދި ބަހުގެ ހިދުމަތުގެ ސަބަބުން ޓެކްސީ ހިދުމަތަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ޓެކްސީ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.