15،000 މީހުން ދިޔަ، ވިޔަފާރި ލިބުނު: އެފްއެންބީ ޝޯ ކާމިޔާބު

މިއަހަރު އެފްއެންބީ ޝޯ ކުރިއަށް ދިޔައީ ތިން ދުވަހަށެވެ. ކާބޯތަކެތީގެ ފެއާގައި ރާއްޖޭގެ އެ ދާއިރާގައު އެންމެ ބޮޑެތި ވިޔަފާރިތަކަކުން ބައިވެރިވެފައި ވެއެވެ.

ހުޅުމާލޭގައި ކުރިއަށް ދިޔަ އެފްއެންބީ ޝޯ؛ މި ފެއާ ނިމިގެން ދިޔައީ ކާމިޔާބުކަމާއެކު -- މި

އެއްޗެއް ދައްކާލަން ބާއްވާ މައުރަޒެއްގެ ކާމިޔާބު އެންމެ ބޮޑަށް ވަޒަން ކުރާނެ އެއް މިންގަނޑަކަށް އެތަނެއް ބަލަންދާ މީހުންގެ ނަމްބަރެވެ. އެތަނުގައި ދައްކާލަން ހުންނަ ޕްރޮޓަކްޓްތަކަށް ލިބޭ "ވިޒިބިލިޓީ" އެވެ. 

އަނެއް މިންގަނޑަކީ އެތަނެއްގައި ބައިވެރިވާ ފަރާތްތަކަށް ލިބުނު ވިޔަފާރި އެކެވެ. މި ދެ މިންގަނޑުން މިނެ ކިރާލި ނަމަވެސް ނިމިގެންދިޔަ އެފްއެންބީ ފެއާ ކާމިޔާބު ކަމަށް ބުނެވި ދާނެ އެވެ. 

"މި" ނޫސް މީޑިއާ ޕާޓްނަރެއްގެ ރޯލު އަދާކުރި ފެއާ އިންތިޒާމު ކުރި ހައިރައިޒް ކުންފުނިން ބުނި ގޮތުގައި ފެއާއަށް ތިން ދުވަހުގެ މަތިން ދިޔަ މީހުންގެ އަދަދު 15،000 އަށްވުރެ މައްޗެވެ. މިއީ ރާއްޖޭގައި އެވްރެޖުކޮށް ބާއްވާ ފެއާއަކަށް ދާ ނިސްބަތާ އަޅާ ކިޔާ ނަމަ އިތުރު އަދަދެކެވެ. 

އާއްމުކޮށް ދަރުބާރުގޭގައި އޮންނަ ފެއާއަކަށް ވެސް ދަނީ 6،000 އާއި 8،000 އާ ދެމެދުގެ އަދަދެއްގެ މީހުނެވެ.

ހުޅުމާލޭގައި ކުރިއަށްދާ އެފްއެންބީ ޝޯ -- މި

ހައިރައިޒް ކުންފުނީގެ ކޯފައުންޑަރު / ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވި ގޮތުގައި ނިންމާލީ ކާބޯތަކެތީގެ އުފެއްދުންތައް ފެންނަ ފެއާއެއްގެ އެޑިޝަނަކަށް ވުމުން ރީޓައިލް ވިޔަފާރިވެރިން ފެއާއަށް ވަރަށް ގިނައިން ދިޔަ އެވެ. 

"ލޯކަލީ ވިއްކަން ބޭނުންވާ ޕްރޮޑަކްޓް ވިއްކަން އެނގޭޖްވާ ގިނަ ބަޔަކު ދިޔަ. އެހެންވެ ވިޔަފާރީގެ އޭންގަލަކުން ބެލިޔަސް ފެއާ ކާމިޔާބު،" އިއްސެ ވިދާޅުވި އެވެ. 

މި ފެއާގައި ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިތައް ބައިވެރިވި އެވެ. ބައިވެރިވި މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ބީއެޗްއެމް އާއި އެމްއެޗްއޭ އަދި ނެސްލޭ ލަންކާގެ އިތުރު ބީބީއެމް އާއި ޕިރަމިޑް ފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.