ފަލަކީ ހިސާބުން ދައްކަނީ ރޯދަ ވަނީ މާޗް 23 ކަމަށް: މައުމޫން

ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށެވެ. ކަމާބެހޭ ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސެއެވެ. ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށެވެ.

ފަލަކީ އިލްމުވެރިޔާ / މަޝްހޫރު ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް

ފަލަކީ ހިސާބު ދައްކާ ގޮތުން ހިނގަމުން މިދާ ޝައުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށާ ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ކަމަށް ފަލަކީ އިލްމުވެރިޔާ / މަޝްހޫރު ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ،" މި މައުލޫއަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ. އެމަނިކުފާނު ވަނީ އެ ލިޔުއްވުން ހިއްސާ ކުރައްވާފައެވެ.

މައުމޫންގެ ލިޔުއްވުން: ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށެވެ. ކަމާބެހޭ ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސެއެވެ. ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބަކަށެވެ.

ހުރިހާ އިސްލާމީ ގައުމަކަށާއި އަޅުގަނޑުމެންގެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ގައުމަކަށްވެސް އެ ދުވަހުގެ އިރު ނޯއްސި ހުއްޓާ ހަނދު އޮއްސެއެވެ. މިސާލަކަށް ރާއްޖެއަށް އެދުވަހު އިރުއޮއްސުމުގެ 9 މިނެޓު ކުރިން ސައުދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިސުރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސެއެވެ.

އަޅުގަނޑު ބެލި ބެލުމުން އެނގުނު ގޮތުގައި އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަހައްދަށާއި އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށެވެ.

އެހެންކަމުން ވިދިގެން އަންނަ މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަހައްދަށެވެ. އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށެވެ.

މި ދެންނެވީ، ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާ ގޮތެވެ.

ކޮންމެ އަހަރަކު ރައީސް މައުމޫން މިފަދަ ލިޔުއްވުންތައް ލިޔުއްވާ ހިއްސާ ކުރައްވައެވެ. ކަލަންޑަރު ބުނާ ގޮތުންވެސް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.