އެފްއެންބީ ޝޯ: ބްރައިޓް ބަރަދާސް ނެރުނީ ލޯ ކެލޮރީސްގެ މީރު އައިސް ކްރީމް

އެމެރިކާގެ ބްރޫކްލިން އައިސް ކްރީމްއަކީ ހަކުރާއި ޕްރިޒަވޭޓިވްސް އަދި ޖަނަވާރުގެ ކިރު އެކުލެވިގެން ނުވާ ލޯކެލޮރީސް ނަމަވެސް ހަރަ މީރު އައިސް ކްރީމް އެކެވެ.

ބްރޫކްލީން އައިސް ކްރީމްގެ މައުލޫމާތު "މި" ނޫހަށް ދެނީ -- މި

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްއެންބީ ޝޯގެ ކަނުގައި އެހުރީ މަޝްހޫރު ބްރައިޓް ބްރަދާސް ކުންފުނިން ރާއްޖޭގައި ވިއްކާ އައިސް ކްރީމް ޕާލާ އެވެ. އެތަނުގައި އައިސް ކްރީމުގެ ގިނަ ވައްތަރުތަކެއް ހުރިއިރު އެންމެ ހާއްސަ އެއް ވައްތަރަކީ ސިއްހީ ގޮތުން ތަފާތު މައްސަލަތައް ހުންނަ އަދި ސިއްހީ މިންގަނޑު ތަކަށް ކެއުމަށް އަބަދު ވެސް ސަމާލުކަން ދޭން ޖެހިފައިވާ މީހުންނަށް ހާއްސަ އައިސް ކްރީމް އެކެވެ. އެއީ އެމެރިކާގެ ދަ ބްރޫކްލީން ކްރީމީ އައިސް ކްރީމް އެވެ. 

ރާއްޖޭގައި ބާސްކިން އެންޑް ރޮބިން އައިސް ކްރީމްގެ އިތުރުން އައިސް ކްރީމްގެ ގިނަ ވައްތަރުތަކެއްގެ ވިއްކާ ބްރައިޓް ބްރަދާސް ކުންފުނީގެ ސީނިޔަ އޮފިޝަލަކު އެފްއެންބީ ޝޯގައި ހުންނަވާ "މި" ނޫހަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު ވިއްކާ އައިސް ކްރީމްއަކީ ސިއްހީ މިންގަނޑުތަކަށް ފައްތާގައިވާ ނަމަވެސް އަނގަޔަށް ވެސް އެހާމެ މީރު އައިސް ކްރީމް އެކެވެ. 

ބްރޫކްލީން އައިސް ކްރީމްގެ މައުލޫމާތު "މި" ނޫހަށް ދެނީ -- މި

ބްރޫކްލީން އައިސް ކްރީމް އުފައްދާފައި ވަނީ އެއްވެސް ޕްރިޒަވޭޓިވްސް އެއް ބޭނުން ނުކޮށް ގުދުރަތީ ހަރަތައް ހިމަނައިގެންނެވެ. މި އައިސް ކްރީމް ސިއްހީ މިންގަނޑުތަކަށް ފައްކާ ކޮށްފައި ހުރި ނަމަވެސް އައިސް ކްރީމްގެ ރަހައަކުން އެތަނެއް ނުދައްކަ އެވެ. ސަބަބަކީ މި އުފައްދާފައިވާ ކޮލިޓީ ކަމެވެ. 

ބްރޫކްލިން އައިސް ކްރީމްގެ ރަހަތައް

  • 1.ޖަނަވާރުގެ ކިރުގެ ބާވަތްތައް ނުހިމެނޭ ވެގަން އައިސް ކްރީމް
  • 2.އާއްމު އައިސް ކްރީމްތަކަށްވުރެ 50 ޕަސެންޓް ކެލޮރީސް މަދު ލޯކެލޮރީން އައިސް ކްރީމް
  • 3.ކިޓޯ ފްރެންޑްލީ - ލޯ ކާބޯހައިޑްރޭޓްސް އައިސް ކްރީމް
  • 4.ހައި ޕްރޮޓީން އައިސް ކްރީމް

ބްރޫކްލީން އައިސް ކްރީމްގެ ރަހަ "މި" ނޫހުގެ ނޫސްވެރިންނަށް އެ ކުންފުނިން ވަނީ ދައްކާލާފަ އެވެ. މި އައިސް ކްރީމްގެ ރަހަ އެހެން އައިސް ކްރީމްގެ ވައްތަރުތަކާ މާކަބޮޑު ތަފާތެއް ނެތެވެ. އައިސް ކްރީމެއް ކައިލުމުން ލިބޭ ހިތްހަމަޖެހުން މީގެން ވެސް ލިއްބައިދެ އެވެ. މި އައިސް ކްރީމްގައިވެސް ދިވެހިން އާއްމުކޮށް އައިސް ކްރީމްގެ ރަހަތަކަށް ދަހިވާ ފްލޭވާސްތައް ހުރެ އެވެ. 

އެއް ރަހަ "ހައިޕްރޮޓީން" އައިސް ކްރީމް

ބްރޫކްލީންގެ ހައި ޕްރޮޓީން އައިސް ކްރީމް -- މި

ބްރޫކްލީން އައިސް ކްރީމްގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ހައި ޕްރޮޓީން އައިސް ކްރީމްއަކީ ޖިމަށް ދިއުން ފަދަ ކަސްރަތުތައް ކުރާ މީހުންނަށް ހާއްސަ އައިސް ކްރީމް އެކެވެ. މީގެ އައިސް ކްރީމްގެ ތައްޓެއްގައި އެވްރެޖުކޮށް 11 ގްރާމްގެ ޕްރޮޓީން އެކުލެވެ އެވެ. މިއީ ޕްރޮޓީން ޑެއިލީ އިންޓޭކް އަށް އެންމެ ފުދޭ މިންވަރެކެވެ. މީގެ އިތުރުން މި ބްރޭންޑުގެ އައިސް ކްރީމްގައި  "ބޫސްޓާ" އައިސް ކްރީމެއް ވެސް ހިމެނެ އެވެ. މިއީ ވެސް ކަސްރަތު ކުރުމާއި ކުޅިވަރުގެ ފަދަ ހަރަކާތްތެރިކޮށް އުޅޭ މީހުންނަށް ހާއްސަ އެޗެކެވެ. 

ބްރޫކްލީން ލިބޭނީ ކޮން ތަނަކުން؟ ބްރޫކްލީން އައިސް ކްރީމް ޗާންދަނީމަގުގައި ހިންގާ އަގޯރާއިން ލިބެން އެބަހުއްޓެވެ. އެތަނުގައި ހުންނަ އައިސް ކްރީމް ވިއްކާ ބައިން މި އުފެއްދުން ވިއްކަމުންދެ އެވެ.

އެފްއެންބީ ޝޯ މިރޭ 10:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. މި ޝޯގައި މި އައިސް ކްރީމްގެ ރަހަ ދައްކާލުން ކުރިއަށްދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.