އެފްއެންބީ ޝޯއަށް ނައިބު ރައީސް - ރޭގެ ނިޔަލަށް 10،000 މީހުން

މި ފެއާ ނިމޭނީ މިރޭ އެވެ. ފެއާގައި ވިޔަފާރީގެ ފުރުސަތުތަކަކާއެކު އާ ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލަން ބަހައްޓާފައިވެ އެވެ.

ނައިބު ރައިސް ފައިސަލް ނަސީމު އެފްއެންބީ ޝޯއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ރައީސް އޮފީސް

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ހައިރައިޒްގެ އިވެންޓް އެފްއެންބީ ޝޯއަށް ރޭގެ ނިޔަލަށް 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފި އެވެ. 

"މި" ނޫސް މީޑިއާ ޕާޓްނަރަކަށް މި އިވެންޓް ކަވަރު ކުރަމުން ގެންދާ ހަވަނަ އެފްއެންބީ ޝޯ އިންތިޒާމު ކުރާ ހައިރައިޒް ކުންފުނިން ބުނި ގޮތުގައި ރޭގެ ނިޔަލަށް 10،000 އަށްވުރެ ގިނަ މީހުން ދިއުމަކީ ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެކެވެ. މީގެން އެނގެނީ މި ފެއާއާމެދު ގިނަ ބައެއްގެ މެދުގައި އޮތް އިތުބާރު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. 

އެފްއެމްބީ ޝޯ އަށް ރޭ ގިނަ ބަޔަކު ގޮސްފައިވާއިރު މި ޝޯއަށް އިއްޔެ ވަނީ ނައިބް ރައީސް ފައިސަލް ނަސީމު ވެސް ޒިޔާރަތް ކުރައްވާފަ އެވެ. 

ނައިބް ރައިސް ފައިސަލް ނަސީމު އެފްއެންބީ ޝޯއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ރައީސް އޮފީސް

އެފްއެންބީ ޝޯގެ ސްޕޮންސަރުން / ޕާޓްނަރުން

  • 1.ބީއެޗްއެމް ޓްރޭޑާސް
  • 2.އެމްއެޗްއޭ
  • 3.ނެސްލޭ ޕްރޮފެޝަނަލް
  • 4.އުހްބާ
  • 5.މުޑުވާލި
  • 6.އޭޑީކޭ ޓްރޭޑިން
  • 7.އައި އޭމް ސުޕަ މޯލްޑިވްސް
  • 8.ޕިރަމިޑް
  • 9.މިފްކޯ
  • 10.އެންޒީ
  • 11.ބެސްޓްބައި
  • 12.އެސްޓްރަބޮން
  • 13.ބްރައިޓް ބްރަދާސް
  • 14.ކޮކާކޯލާ
  • 15.ޑެސަޓްސް ބައި މަރީނާ

މި އިވެންޓް އޮންނާނީ މި މަހުގެ 23 އިން 25 ގެ ނިޔަލަށެވެ. ފެއާ ކުރިއަށް ދާނީ ހަވީރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.