އެފްއެންބީ ޝޯ އެއްތަން ކުރީ ބޮޑެތި ބްރޭންޑުތަކާ އާ ފުރުސަތުތައް

މި އަހަރުގެ އެފްއެންބީ ޝޯގައި ބޮޑެތި ވިޔަފާރިތައް ހިމެނެ އެވެ. ބޮޑެތި ބްރޭންޑްތައް ވަދެ އެބަތިއްބެވެ. ފެއާގައި ވިޔަފާރިއެއް ފުޅާކޮށްލަން ބޭނުންވާނެ ގިނަ އުފެއްދުންތަކާއި މުހިންމު ފުރުސަތުތައް ފެންނާށާއި ލިބޭން އެބަހުއްޓެވެ.

ހުޅުމާލެ ބޮޑު، ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ކެއުން ބުއިން / ކާބޯތަކެތީގެ ސާމާނު ދައްކާލާ ބޮޑު މައުރަޒު، ފުޑް އެންޑް ބެވަރޭޖަސް ފެއާ (އެފްއެންބީ) ހުޅުވުމުގެ ރަސްމިއްޔާތުން އިއްޔެ ދިމާވި "ޔޭޔޭ" ކޮފީ އާއި "ކޯސްޓް ކިރު" ރާއްޖޭގައި ވިއްކާ ބީއެޗްއެމް ޓްރޭޑާސް ކުންފުނީގެ އިސް ވެރިއަކު ވިދާޅުވި ވާހަކަފުޅެކެވެ؛ މި ދުވަސް ވަރަށް ބަލާއިރު މި ވަރުގެ ފެއާއެއް އިންތިޒާމު ކުރުމަކީ ހަގީގަތުގައި ވަރަށް މުހިންމު ވެފައި އޮތް ކަމެކެވެ. މި ވަރުގެ ފުޑް ފެއާއެއް ރާއްޖެއަށް މިވަގުތަށް މުހިންމުކަން ބޮޑުވެފައި ވެއެވެ. އެފްއެންބީ ފެއާގައި ސްޓޯލް ހަދައިގެން ތިބި ގިނަ ވިޔަފާރިވެރިން ވެސް މި ވާހަކަ އަށް އެއްބަސް ވެއެވެ. 

ސަބަބަކީ ކުރި އަށް ރޯދަ މަސް އޮތުމާއެކު އެންމެ އިތުބާރުހުރި ބްރޭންޑުތަކާއި އެ ފަރާތްތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް އެއް ތަނަކުން ފެނިގެންދާނެ ގޮތްވުމަކީ ފުރުސަތު ތަކުން ފުރިފައިވާ ކަމަށްވާތީ އެވެ. އަނެއް ސަބަބަކީ ކޮވިޑަށްފަހު އިގްތިސޯދު ފުޅާވަމުން ދާއިރު އުފެދެމުންދާ ކުދިކުދި ވިޔަފާރިތަކަށް ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ހުރި ފުރުސަތުތައް އެއް ތަނަކުން ފެންނާނެ ޕްލެޓްފޯމްތަކެއް ބޭނުން ވެފައި އޮތުމެވެ. އެފްއެންބީ ޝޯ އިން މިފެންނީ އެކަމެވެ. "މި" ނޫސް މީޑިއާ ޕާޓްނަރުކަން ކުރާ މި ފެއާއަށް ހަދާފައިވާ ދެ ސްޓޭންޑުގައި ވެސް އޮތީ ބްރޭންޑްތަކާއި ފުރުސަތުތަކުން ފުރިބާރުވެފަ އެވެ. 

ހުޅުމާލެ ޕޮލިސް ސްޓޭޝަން ހުންނަ، ބޮޑު މަގާ ދިމާލުން ވަދެވޭ ގޮތަށް އެންޓްރެސް ހަދާފައިވާ މި ފެއާ އިންތިޒާމުކުރާ ހައިރައިޒް ކުންފުނިން މި ވަގުތު މިފެއާ ބާއްވަން ނިންމި ސަބަބަކީ ވެސް އެއީ އެވެ. 

މި އަހަރުގެ ފެއާގެ ނަމްބރަކީ 26 ކުންފުންޏެވެ. މި ނަމްބަރުން ކޮންމެވެސް ވަރެއްގެ މަދުކަމެއް ފެންނަ ސަބަބަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މިބާވަތުގެ ފެއާ "ގަލްފް ފުޑް ފެއާ" ގައި ދިވެހި ގިނަ ވިޔަފާރިތަކެއްގެ ވެރިން ގޮސްތިބުމެވެ. ނަމަވެސް އޭގެތެރޭން ވެސް ބައެއް ވިޔަފާރިތައް ވަނީ އެ ފެއާ ނިމުމާއެކު ރާއްޖެ އައިސް އެފްއެންބީ ޝޯގައި ބައިވެރިވެފަ އެވެ. 

އެފްއެންބީ ޝޯ މުހިންމީ ކީއްވެ؟ - ވިޔަފާރި ތަކުން ގަބޫލުކުރާ ގޮތުގައި މިހާލަތަށް ބަލާއިރު އާއްމުންނަށް ވެސް މިފަދަ ފެއާއެއްގެ މުހިންމުކަން އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ. އެއް ސަބަބަކީ ރޯދަ މަސް ކުރިމަތީގައި އޮތުމެވެ. އަނެއް ސަބަބަކީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިކޮނޮމީ ކޮޅަށް ތެދުވެ ގިނަ ވިޔަފާރިތަކެއް އުފެދި ވިޔަފާރިތައް ފުޅާ ކުރަން މިފަހަރު ބޮޑު އިވެންޓެއްގެ ބޭނުން މިވަގުތަށް މުހިންމުކަން ބޮޑުވެފައިވުމެވެ. އެހެންވެ މި އަހަރު ވެސް އެފްއެންބީ ޕްރޮޑަކްޓްސް ވިއްކާ ގިނަ ބައެއްގެ އިތުރުން މި ދާއިރާގެ މެޝިނަރީ ވިއްކާ ކުންފުނިތަކުން ވެސް ބައިވެރިވެފައިވެ އެވެ.

ޕިރަމިޑް - ތުރުކީގެ މޮޅު ކޮފީއެއް

ޕިރަމިޑުގެ މަންޗީ ޕެކް ދައްކާލަނީ -- މި

މި ފެއާގައި ބައިވެރި ވެގެން ތިބި މަޝްހޫރު ކުންފުނި ޕިރަމިޑް މޯލްޑިވްސްގެ މާކެޓިން މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވި ގޮތުގައި ރޯދަ މަސް ކުރިމަތީގައި އޮތްއިރު މި ފެއާއަކީ އާއްމުންނާއި ވިޔަފާރިތަކަށް ވެސް މުހިންމު ފެއާއެކެވެ. އެހެންވެ ހާލަތުގެ ބޭނުން ހިފައި ޕިރަމިޑުން ފެއާ އަށް ގޮސްފައި ވަނީ އެމީހުން ވިއްކާ ރޯދަމަހަށް ހާއްސަ ގިނަ އުފެއްދުންތަކާއެކުގަ އެވެ. އެ ކުންފުނީގެ ހަތަރު ބްރޭންޑު ކަމަށްވާ "މަންޗީމާރީ" އާއި ބާސްމަތީ ރައިސް "ޒީބާ" އާއި "އާޓާފުށް" އަދި ތުރުކީގެ "ކްރައުން" ކޮފީ އާއެކުގަ އެވެ. 

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްްއެންބީ ފެއާ : މި އަހަރު 26 ވިޔަފާރިއެއް ބައިވެރިވެފައިވާއިރު ގިނަ އުފެއްދުން ތަކެއް ދައްކާލަން އެބަހުރި -- މި

"ފެއާ އަށް އައިސް މިތިބީ މަންޗީގެ އެކިއެކި ރެސިޕީސްތައް ހެދޭ ގޮތަށް ރެސިޕީސްތަކާއެކުގަ. ކޮފީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ހުންނާނެ. ރޯދަ އަށް ހާއްސަ ބަންޑަލްޕެކް ވެސް ހުންނާނެ. މީގައި އޮންނާނެ ރެޒްބަރީ ޗޮކްލެޓްއަކާއެކު. މީގެ އަގު މި އުޅެނީ 65ރ. އަށް. އެހެންވެ ކަސްޓަމަރުންނަށް ވަރަށް ބޮޑު އެޗެއް ސޭވް ކުރެވިގެންދާނެ،" ސޮބާހު ވިދާޅުވި އެވެ. 

ނެސްލޭ - ނެސްކެފޭގެ ގިނަ ރަހަތަކާއެކު

މި އަހަރުގެ ފެއާގައި ސްރީލަންކާގެ މަޝްހޫރު ނެސްލޭ ޕްރޮފެޝަނަލްގެ ސްޓޯލެއް ވެސް ހަދާފައިވެ އެވެ. މި ސްޓޯލުން ނެސްކެފޭގެ އެކި ބާވަތްތަކުގެ ރަހަ ދެއްކުމުގެ އިތުރުން މި ބްރޭންޑުން ރާއްޖޭގައި ވިއްކާ ކޮފީގެ އެކި ބާވަތްތައް ދައްކާލަ އެވެ. ރާއްޖޭގައި ކުދި ޓޭކް އަވޭއާއި ރެސްޓޯރެންޓް ވިޔަފާރި ފުޅާވަމުންދާއިރު މި އަހަރުގެ އެފްއެންބީ ފެއާއަށް ގޮސް ސީދާ ނެސްލޭގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ޑައިރެކްޓް "ކޮޅު" އެޅުމުގެ މަގު އޮތީ ފަހިކޮށެވެ. 

އޭޑީކޭ ހެލްތީ ސްނެކް، ހޯރްލިކްސް ހާއްސަ

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްްއެންބީ ފެއާ : މި އަހަރު 26 ވިޔަފާރިއެއް ބައިވެރިވެފައިވާއިރު ގިނަ އުފެއްދުންތަކެއް ދައްކާލަން އެބަހުރި -- މި

އެފްއެންބީ ޝޯގައި މިފަހަރު އޭޑީކޭ ކުންފުނިން ބައިވެރިވެފައި ވަނީ މުޅިން ތަފާތު ކޮންސެޕްޓެއްގަ އެވެ. އެ ކުންފުނީގެ މި ފަހަރުގެ ފޯކަސްއަކީ "ހެލްތީ ސްނެކް" ދައްކާލުމެވެ. އޭޑީކޭން ވިއްކަނީ ހެލްތީ ސްނެކްގެ ކޮންކޮން އެއްޗެއް ހެއްޔެވެ؟ 

އޭޑީކޭ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެންޑް މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ފެއާގައި ހުންނަވާ "މި" ނޫހަށް ވިދާޅުވި ގޮތުގައި ފެއާއަށް ގޮސް ހެލްތީ ސްނެކްގެ ގިނަ ރޭންޖެއް ހޯދުމުގެ ފުރުސަތު އޭޑީކޭގެ ވިޔަފާރިން ދޭނެ އެވެ. 

"އެބަ ވިއްކާ ނާޗޯސް މިއީ އާއްމު ޗިޕްސްތަކަށްވުރެ 40 ޕަސެންޓް ފެޓް މަދު އެއްޗެއް. އަނެއްކާ ހުރިހާ އެއްޗެއް ގްލުޓަން ފްރީ އެއްޗެއް. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ހާއްސަ ޕޮޕްކޯނެއް ވެސް. މި ޕޮޕްކޯން ތެލާ ކުޅޭނެ ކަމެއް ނެތް. މިއީ 100 ޕަސެންޓް ކޯން. އެއްޗެއް އެއްޗެއް އެޑްކޮށްފަައެއް ނުހުންނާނެ. މީގެ އިތުރުން ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ އެމްބެސެޑަރު ބްރޭންޑުކަން ކުރާ ލުއި ކާނާގެ ބްރޭންޑެއްގެ ރޭންޖެއް ވެސް އެބަ ވިއްކަން،" އަހުސަން ވިދާޅުވި އެވެ. 

އޭޑީކޭ ކުންފުނި މިފެއާއަށް ގޮސްފައިވަނީ ދިވެހިންނަށް މުހިންމު ހަބަރެއް ވެސް ހިފައިގެންނެވެ. އެ ކުންފުންޏަކީ "ހޯރިލިކްސް" ގެ އޮރޮރައިޒް ޑިސްރިބިއުޓަރެވެ. 

އަހުސަން ވިދާޅުވީ ހޯރްލިކްސްގައި އުމުރުން ދުވަސްވީ އަންހެނުންގެ ކަށިތައް ވަރުގަދަ ކުރަން ހާއްސަ ނިއުޓްރިޝަން ކިރުގެ ވައްތަރުތައް ވެސް މިހާރު އެ ކުންފުނިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. 

"އުމުރުން ދުވަސްވާ ވަރަކަށް ބޯން ޑެންސިޓީ ދައްވޭ. އެހެންވެ އެފަދަ މައްސަލަތައް ކުޑަކުރަން ބޭނުންކުރާ ނިއުޓްރިޝަން ޑްރިންކެއް މިއީ،" އަހުސަން ވިދާޅުވި އެވެ. 

ފެން ފިލްޓަރެއް - ކަަރަންޓެއް ބޭނުމެއް ނުވޭ

ހުސްކުރި ފެން ފުޅިތަކުން ސަލާމަތްވާން ބޭނުން ވިޔަސް ފިލްޓަރު ގުޅުމާއެކު ކަރަންޓު ބިލް ބޮޑުވުމަކީ މިކަމަށް އޮތް އެއް ބިރެކެވެ. ނަމަވެސް ޕާމްޓްރީން މެރިން އިން އެފްއެންބީ ޝޯގައި ދައްކާލާ ފިލްޓަރުތަކަކީ ކަރަންޓު ބޭނުން ނުކޮށް ފެނުގެ ޕްރެޝަރުން ފެން ފިލްޓަރުކޮށް ފުރާނާލުމަށް ފަހު ފަސް ލިޓަރު ރައްކާކޮށްދޭ ފިލްޓަރުތަކެކެވެ. 

އެފްއެންބީ ޝޯގައި މިފަދަ ގިނަ އުފެއްދުންތަކާއި ބްރޭންޑުތަކެއް އެބަހުއްޓެވެ. އަދި ފެއާއަށްދާ މީހުންނަށް ވަގުތު އިނާމުތަކެއްވެސް ލިބިގެންދާނެ އެވެ. މި އިނާމުތަކުގެ އިތުރުން "ފްރީ ފުޑް ޓޭސްޓް" ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.