ޖަލުގެ އެ ވާހަކަތައް ކޮމިޝަނާ ދޮގު ކުރެއްވި ނަމަވެސް މިދިޔަ ހަފުތާގައި ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގި އެވެ.
ސަރުކާރުގެ މައި ޖަލު. މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމަށާއި އަދި އެ ޖަލުގެ ގައިދީންތަކެއް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރާ ކަމަށް ބުނާ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގު ކޮށްފި އެވެ.
ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު އެކަން ދޮގު ކުރައްވާ މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެެވެ. ކޮމިޝަނާ މިއަދު ވިދާޅުވީ މާފުށި ޖަލުގެ ޔުނިޓް 11 އިގެ ގައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އިތުރުކޮށްލައްވައި ވިދާޅުވީ އެ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ނެތް ކަމަށެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ބައިތިއްބާފައި ތިބޭ ޔުނިޓް 11 އިގައި ހަންގާ ސްޓްރައިކެއް / ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ޖައްސާފައިވާ ކަމަށް ބުނާ އަޑުތައް ފެތުރިފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވެއެވެ. -- މިދިއަ ހަފުތާއިން ފެށިގެނެވެ. -- މާފުށީ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްދާ ކަމަށް ގައިދީންގެ ވަކީލުން ވެސް މިޑިއާގައި ބުނެ އެވެ. އަދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ އެމީހުން ތިބޭ ގޮޅިތައް ބަލައި ފާސްކޮށް ގެންގުޅޭ އެއްޗެހި އަތުލުމާއި ދެ ވަގުތެއްގެ ކެއުން ނުދިން މައްސަލައެއްގަ އެވެ.
ޖަލުގެ އެ ވާހަކަތައް ކޮމިޝަނާ ދޮގު ކުރެއްވި ނަމަވެސް މިދިޔަ ހަފުތާގައި ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގި އެވެ. ފުލުހާއި ކަރެކްޝަނުން އެކަން ހުއްޓުވަން އޮޕަރޭޝަނެއް ހިންގި އެވެ.