ޗައިނާގެ އާ ޒަމާނުގައި ޓެކްނޮޖީގެ އެންމެ ގަދަ ބާރު ހޯދާނެ: ޝީ

ޖެނުއަރީ މަހު ޖަޕާނާއި ނެދަލެންޑްސް އިން އެއްބަސްވެފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ ސަރުކާރުން އިއުލާންކުރި ޗައިނާގެ ޗިޕް އާ ގުޅޭ ހުރަސްތަކަށް އަމަލުކުރާށެވެ.

ރައީސް ޝީ: ޓެކް ޕަވަރަކަށް ވެސް ޗައިނާ ވާންޖެހޭނެ ކަމަށް ވިދާޅުވޭ

ޓެކްނޮލޮޖީގެ މުހިންމު ހުރިހާ ދާއިރާތަކުގައި މައްސަލަތަ ފާހަގަ ކޮށް ޗައިނާގެ ވިސްނުން ތިރިން މައްޗަށް ގެންދިއުމަށާއި އާ ހައްލު ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޗައިނާގެ ރައީސް ޝީ ޖިންޕިން ޗައިނާގެ އިދާރާތަކާއި އިންޑަސްޓްރީތަކަށް ގޮވާލައްވައިފި އެވެ.  

ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ނިންމުންތައް ނިންމަވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ 24 ބޭފުޅުންގެ ޕޮލިޓަލް ބިއުރޯގެ ދިރާސާ ސެޝަނެއްގެ ތެރޭގައި ރައީސް ޝީ ވިދާޅުވީ ޗައިނާގެ އާ ޒަމާނަކީ ޗައިނާ އަމިއްލައަށް ޗައިނާއަށް ބަރޯސާވާ ޓެކް ޕަވަރަކަށް ވެގެން އޮތުން ކަމަށެވެ. އަދި އެކަން ހާސިލް ކުރަން ބޭނުންނަމަ ސައިންސާއި ޓެކްނޮލޮޖީގެ އަސާސީ ދިރާސާތަކުން ފެށިގެން ގޮސް އެންމެ މައްޗާ ހާމައަށް ޗައިނާގެ އާ ޒަމާން ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ 

ރައީސް ޝީ ސިފަ ކުރައްވާ ގޮތުގައި "ގްލޯބަލް ޓެކް ޕަވަރަކަ" ށް ވެސް ޗައިނާ ވާން ޖެހޭނެ އެވެ. އެއީ ލާޒިމް ކަމެކެވެ.  

"ބައިނަލްއަގްވާމީ ސައިންސާއި ޓެކްނޮލޮޖީގެ ވާދަވެރިކަމާ ކުރިމަތިލާން ޖެހޭ. އަމިއްލަ ނަފްސަށް ބަރޯސާވެ އަމިއްލަ ނަފްސު ރަނގަޅު ކުރުމުގައި މަތީ ފެންވަރެއް ޗައިނާއިން ހާސިލް ކުރާން ޖެހޭ... އެންމެ އަސާސީ ދިރާސާތައް ވެސް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ މުހިންމު މައްސަލަތަކަށް އަވަސް އާ ހައްލު ޗައިނާއިން ހޯދާން ޖެހޭނެ،" ޝީ ވިދާޅުވި އެވެ.

ރައީސް ޝީގެ މި ގޮވާލެއްްވުން އައީ ޗައިނާއިން އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާ ދެމެދު އޮތް ޒަމާނީ ސެމީކޮންޑަކްޓަރު ޓެކްނޮލޮޖީގެ ފަރަގު ކުޑަކުރުމަށް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ މައްޗަށް ވެސް ބަލައްވާލައިވަ އެވެ.  

ޖެނުއަރީ މަހު ޖަޕާނާއި ނެދަލެންޑްސް އިން އެއްބަސްވެފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ ސަރުކާރުން އިއުލާންކުރި ޗައިނާގެ ޗިޕް އާ ގުޅޭ ހުރަސްތަކަށް އަމަލު ކުރާށެވެ. އެމެރިކާގެ ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކީ ޗައިނާއިން އެޑްވާންސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮމްޕިއުޓިން ޗިޕްތަކުގެ އިތުރުން ޗިޕް ފެކްޓްރީތަކެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އަދި... ޓެކްނޮލޮޖީގެ ބާރާއި އަޅުގަނޑުމެންގެ ލަޝްކަރުގެ މަތީ ފެންވަރުގެ ހުނަރުވެރިން ހިމަނައި ފުރާލަން ޖެހޭނެ،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.