މި ބައްދަލްވުމުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވިނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކުރާނީ އަތޮޅާއި ރަށަށް އަދި މުޅި ރާއްޖެއަށް އެންމެ ފައިދާއާއި މަންފާ ހޯދައިދެވޭނެ ކެންޑިޑޭޓަކަށް ކަމަށް ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުވައްމުލަކު ފުނާޑު އަވަށުން ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް މަަސައްކަތް ކުރާނީ އެންމެން ގުޅިގެން އެއް މިސްރާބަކަށް ކަމަށް އެ އަވަށުގެ ސިޔާސީ އިސް ފަރާތްތަކާއި ޒުވާނުން އެއްބަސްވެއްޖެ އެވެ.
ފުނާޑު އަވަށުގެ ސިޔާސީ އިސް ފަރާތްތަކާއި ޒުވާނުން މިރޭ ވަނީ ބައްދަލުކޮށްފައެވެ. އެ ބައްދަލްވުމުގައި އެ އަވަށް ނިސްބަތްވާ ސިޔާސީ މަސައްކަތުގައި އިސްްކޮށް އުޅޭ ހުރިހާ އެންމެހެން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
އެ ބައްދަލްވުމުގައި އެއްބަސްވެވުނު ކަންކަން ހިމަނާ ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުވައްމުލަކު ފުނާޑު އަވަށުން ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް މަަސައްކަތް ކުރާނީ އެންމެން ގުޅިގެން އެއް މިސްރާބަކަށް ވާސިލްވުމުގެ ރޫހުގައި ކަމަށް އެ އަވަށުގެ ސިޔާސީ އިސް ފަރާތްތަކާއި ޒުވާނުން އެއްބަސްވެފައިވާ ކަމަށެވެ.
މި ބައްދަލްވުމުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވިނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކުރާނީ އަތޮޅާއި ރަށަށް އަދި މުޅި ރާއްޖެއަށް އެންމެ ފައިދާއާއި މަންފާ ހޯދައިދެވޭނެ ކެންޑިޑޭޓަކަށް ކަމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. ފުނާޑު އަވަށުން މިފަހަރު ތާއީދު ކުރަން ވަކި ކެންޑިޑޭޓަކު އިހްތިޔާރު ކުރާނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަަހު ކަމަށްވެސް ވަނީ ނިންމާފައެވެ.
މިއީ ރިޔާސީ އިންތިހާބެއްގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން އެންމެން ގުޅިގެން އެއް ރޫހެއްގައި ކޯލިޝަނާއެކު މަސައްކަތް ކުރަން ނިންމި ފުރަތަމަ ފަހަރުކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެެއެވެ.
އިންތިހާބުތަކާއި ދިމާކޮށް ރަށްރަށުގައި ސިޔާސީ ހަރަކާތްތައް ބޮޑުވެ ދެބަސްވުންތައް އުފެދި ބައިބައިވުން ބޮޑުވެއެވެ.