ރައީސް ސޯލިހަށް ތާއީދުކުރަން އަދާލަތުން ނިންމައިފި

ރައީސްގެ ސިޓީފުޅަށް އެންމެ ފުރަތަމަ އިޖާބަ ދޭނީ އަދާލަތު ޕާޓީން ކަމަށް ކުރީން ވެސް އޮތީ ބެލެވިފަ އެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައްތަކާއި ގުޅިގެން ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އިން އަދި އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ފާޑު ވިދާޅުވެފައި ވެއެވެ.

އިމްރާން އަބްދުﷲ (ކ) ރައީސް ސޯލިހް (މ) އަދި ނާއިބު ރައީސް ފައިސަލް ނަސީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ދެންމެ ނިންމައިފި އެވެ.

ސަރުކާރު ކޯލިޝަންގައި މިހާރުވެސް އޮތް އަދާލަތުން ދެންމެ ބުނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދާލަތު ޕާޓީއިން އެމަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާއަށް ދައުވަތު އަރުވާފައިވާތީ އެކަމާމެދު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުމެއް ބާއްވާ ނިންމި ނިންމުމާ އެއް ގޮތަށް ކުރެވުނު މަޝްވަރާތަކުގައި އެ ޕާޓީން ހުށައެޅި ކަންކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

އެގޮތުން އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވާ ދެމެހެއްޓުމާއި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓާ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށާއި ރިޔާސީ އިންތިގާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

އެހެން ކަމުން  ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ބަލާ މިވަގުތުގެ ހާލަތުގައި އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށެވެ.

ސަރުކާރު ހިންގާ ކޯޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. ސިޓީފުޅުގައި އެދިވަޑައިގަތީ ދެވަނަ ދައުރަކަށް ތާއީދު ކޮށްދެއްވުމަށެވެ. އިންތިހާބަށް އެމްޑީޕީން އެކުލަވާލާ ކޯލިޝަންގައި ބައިވެރިވުމަށެވެ. ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓީން ރައީސްގެ ސިޓީފުޅާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރައީސްގެ ސިޓީފުޅަށް އެންމެ ފުރަތަމަ އިޖާބަ ދޭނީ އަދާލަތު ޕާޓީން ކަމަށް ކުރީން ވެސް އޮތީ ބެލެވިފަ އެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައްތަކާއި ގުޅިގެން ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އިން އަދި އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ފާޑު ވިދާޅުވެފައި ވެއެވެ.

ނަމަވެސް އަދާލަތުގެ ފަރާތުން މުޅީންވެސް ފެނުނީ ސަރުކާރު ދިފާއު ކުރުމާއި ރައީސަށް ސަނާ ވިދާޅުވުމެވެ. އެހެން ކަމުން ރަައީސްގެ ދައުވަތަށް އެންމެ ފުރަތަމަ އިޖާބަދީ ކޯލިޝަނަށް އެންމެ ފަސޭހައިން ގެނެވޭނީ އަދާލަތު ޕާޓީ ކަމަށް ކުރީން ވެސް ގިނަ ބަޔަކަށް އޮތީ ޔަގީން ކުރެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.