އައިފޯން 15 އަށް ޔޫއެސްބީ - ސީ ޕޯޓް

އެޕަލް މެކް ކޮމްޕިޔުޓަރުގެ ބައެއް މޮޑެލްތަކުގައި މިހާރު ވެސް ޔޫއެސްބީ-ސީ ޕޯޓް ހުރެ އެވެ. އައިޕެޑާއި މެޖިކް ކީބޯޑުގައި ވެސް ޔޫއެސްބީ-ސީ ހުރީ ހިމަނާފަ އެވެ. ޔޫރަޕްގައި ވިއްކަން ބޭނުން ނަމަ އައިފޯނުގައި ވެސް ޔޫއެސްބީ-ސީ ހިމެނުމަކީ ލާޒިމު ކަމެއް ކަމަށް އޮތީ އަންގާފަ އެވެ.

އައިފޯން މޮޑެލްތައް ޔޫއެސްބީ-ސީ ބަދަލު ކުރުމުގެ މަޝްވަރާތައް އޮތީ ފެށިފައި އަދި އައިފޯން 15ގެ ބައެއް މޮޑެލްތައް ޔޫއެސްބީ-ސީ އަށް ބަދަލު ކުރާނެ

އައިފޯން މަރުކާގެ އެއްވެސް ފޯނެއް އަދި އޫއެސްބީ - ސީ އަށް ބަދަލެއް ނުކުރެ އެވެ. އެހެން ނަމަވެސް އެޕަލްގެ ބައެއް އުފެއްދުންތަކުގައި ޔޫއެސްބީ - ސީ ޕޯޓް މިހާރު ވެސް އެބަ ހުއްޓެވެ.

އެޕަލުން ވިއްކާ ކޮންމެ މެކެއްގައި ޔޫއެސްބީ - ސީ ޕޯޓް ހުރީ ހިމަނާފަ އެވެ. މެކްބުކް އެއާ އާއި މެކްބުކް ޕްރޯ ވެސް ހިމެނޭ ގޮތުންނެވެ. އޭގެ އިތުރުން އައިޕެޑް ޕްރޯގެ ބައެއް މޮޑެލްތަކާއި އައިޕެޑް އެއާ އަދި އައިޕެޑް މިނީގައި ވެސް ޔޫއެސްބީ - ސީ ހުރެ އެވެ.

އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ސައްލާކުރާ މީހުން ބުނާ ގޮތުން އެޕަލްގެ ހުރިހާ ޑިވައިސްއެއް ވެސް ޔޫއެސްބީ - ސީ އަށް ބަދަލު ކުރާނެ އެވެ. އޭގެ ތެރޭގައި އައިފޯން ވެސް ހިމެނެ އެވެ.

މި އަހަރުގެ ފަހު ކްއާޓަރުގައި -- ބުނެވޭ ގޮތުގައި ސެޕްޓެމްބަރު 13 ގައި އައިފޯން 14 ތައާރުފު ކުރުން އޮންނާނެ އެވެ. ޑިޒައިންނަށް ގެންނަ ކުދި ބަދަލުތަކާއެކު އައިފޯން 13 މާކެޓަށް ނެރުނު ނަމަވެސް އައިފޯން 14 ގައި ޔޫއެސްބީ - ސީ ޕޯޓެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ.

އެޕަލްގެ ރޭވުން ދަންނަ މީހުން ބުނާ ގޮތުން އައިފޯން މަރުކާގެ ފޯނުތައް ޔޫއެސްބީ - ސީ އަށް ބަދަލުކުރި ނަމަވެސް އެޕަލުން އެކަން ފަށައިގަންނާނީ އައިފޯން 15 އާ ހިސާބުންނެވެ. އަދި އައިފޯން 15 އިގެ ހުރިހާ މޮޑެލެއް އެއްފަހަރާ ޔޫއެސްބީ - ސީ އަށް ބަދަލެއް ނުކުރާނެ އެވެ.

ސްމާޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތަކަށް ޔޫރަޕިއަން ޔޫނިއަން ކޮމިޝަނުން އަންގާފައި އޮތީ ޔޫރަޕް ގައުމުތަކުގައި ވިޔަފާރި ކުރިއަށް ގެންދަން އެދޭ ނަމަ އާލާތްތައް ޔޫއެސްބީ - ސީ އަށް ބަދަލު ކުރުމަށެވެ.

ޔޫރަޕްގެ މި އެންގުމުގެ ދަށުން އެޕަލްގެ ޑިވައިސްތައް ޔޫއެސްބީ - ސީ އަށް ބަދަލު ކުރަން ޖެހޭނެ އެވެ. ހަމަގައިމު ވެސް ޔޫރަޕްގައި ވިއްކާ އައިފޯން މޮޑެލްތައް ޔޫއެސްބީ - ސީ އަށް ބަދަލު ކުރަން ޖެހޭނެ އެވެ.

މަސްރަހު ދަންނަ މީހުން ބުނާ ގޮތުން އެޕަލުން ދަނީ އައިފޯންގައި ޔޫއެސްބީ - ސީ ޕޯޓް ހިމަނައި ޓެސްޓް ކުރަމުންނެވެ. އެހެންކަމުން ބެލެވެނީ އައިފޯން 15 އިގެ ބައެއް މޮޑެލްތަކުގައި ލައިޓްނިން ކަނެކްޓަރުގެ ބަދަލުގައި ޔޫއެސްބީ - ސީ ހިމަނާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.