ރޯޅި ގެސްޓް ހައުސްގައި ހަށިވިއްކި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ރޯޅި ގެސްޓް ހައުސްގައި ހަށިވިއްކި ބަޔަކު ރޭ ހައްޔަރު ކުރި އޭގެ ތެރޭގައި ބިދޭސީންނާއި ދިވެއްސަކު ވެސް ހިމެނެ އެވެ.

މާލެ ސިޓީ

މާލޭ ހަށިވިއްކަމުން ދިޔަ ކަމަށް ތުހުމަތުވި މައްސަލައެއްގައި ގެސްޓް ހައުސް އެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ. 

ފުލުހުންގެ އިދާރާއިން މިއަދު ބުނީ އޮޕަރޭޝަނެއް ހިންގައި އެ މީހުންނަކީ މާލޭގެ ރޯޅި ގެސްޓް ހައުސްގައި ހަށިވިއްކި ބައެއް ކަމަށެވެ.

ހަށިވިއްކުމުގައި އުޅެނިކޮށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި އެ އުމުރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ. 

މި ހަތަރު މީހުންގެ ތެރެއިން ދިވެހި މީހާ އާއި ބިދޭސީ އެއް އަންހެނަކު ނެގީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށެވެ. މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކާއި ސްޕާ / މަސާޖު ޕާލަރުތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ދަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ. ބިދޭސީ އަންހެނުން ބޭނުން ކޮށްގެން ވިޔަފާރި ކުރަމުން އަންނައިރު އަޑީގައި ގިނަ ފަހަރަށް ތިބެނީ ދިވެހިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.