ކުރިއަށް ރޯދަމަސް އޮތްއިރު ހަމަ ގައިމުވެސް މި ފެއާ ވެގެން ދާނީ އެންމެ ކޮލިޓީ ޕްރޮޑަކްޓްސް އެއް ތަނަކުން ފެންނަން ހުޅުވާލާނެ އެންމެ ބޮޑު ފުރުސަތެވެ.
ކެއުމާއި ބުއިމުގެ ސާމާނު އެއް ތަނަކުން މިފަހުގެ ތާރީހެއްގައި ފެންނާނެ އެއް ފެއާއަަކަށް މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާ ފެއާ ވާނެ އެވެ. އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ މި ފެއާއަކީ ރާއްޖޭގައި ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) ދާއިރާއަށް ހާއްސަކޮށް ބާއްވާ އެންމެ ދުވަސްވީ އެއް ފެއާއަށްވުމެވެ.
މީޑިއާ ޕާޓްނަރުކަން "މި" ނޫހުން ނަގާފައިވާ، ހައިރައިޒްގެ މި ފެއާގެ ފާސް ހަބަރުގައިވާ ލިންކުން ވެސް ލިބޭނެ އެވެ. ނުވަތަ އެފްއެންބީ ނުވަތަ ހައިރައިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ވެސް ހޯދޭނެ އެވެ. މި ވަރުން ނުވާނަމަ މާލޭ ސިޓީގެ ބޮޑެތި މަގުތަކުގައި ހަރުކޮށްފައިވާ މި ފެއާގެ އިސްތިހާރުތަކުގައި ހުރި ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ވެސް އެންޓްރީ ޕާސް ޔަގީން ވާނެ އެވެ.
މި ފެއާގެ ބައިވެރިންގެ ލިސްޓަށް ބަލައިލުމުން ލިބިދާނެ އިނާމުތައް ވަޒަންކޮށްލެވޭނެ އެވެ. އަދި އެފްއެންބީ ޝޯގެ ފޭސްބުކް ޕޭޖުގައި އަންނަ އަޕްޑޭޓްތަކަށް ބަލާނަމަ މި ފޯރިގަދަވާނެ ކަމަށް ދައްކަ އެވެ. މި ލިންކުން ފެއާގެ ފާސް ލިބޭނެ އެވެ.
ކުރިއަށް ރޯދަމަސް އޮތްއިރު ހަމަ ގައިމުވެސް މި ފެއާ ވެގެން ދާނީ އެންމެ ކޮލިޓީ ޕްރޮޑަކްޓްސް އެއް ތަނަކުން ފެންނަން ހުޅުވާލާނެ އެންމެ ބޮޑު ފުރުސަތެވެ.
މި ފެއާއަށް ހާއްސަކޮށް ރާއްޖޭގެ 150 އަށްވުރެ ގިނަ ރިސޯޓުގެ އެފްއެންބީ މެނޭޖަރުންނާއި އިސްޓޯރި ކީޕަރުން މިމަގެ 23 އިން 25 އަށް މާލެ އަރާނެ ކަމަށް ވެސް ހައިރައިސް އިން ބުނެފައިވެ އެވެ.
މި އިވެންޓް އޮންނާނީ މިމަހުގެ 23 އިން 25 ގެ ނިޔަލަށެވެ. ފެއާ ކުރިއަށްދާނީ ހަވީރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.