އެމެރިކާ އާއި ޗައިނާގެ ވާހަކަތައް ބޭއްވީ ޗައިނާ ފުއްޕާހަމުގެ މައްސަލާގައި އެމެރިކާ ވަރަށް ބޮޑަށް ނުތަނަވަސް ކަމެއްގެ ތެރެއަށް ވަދެފައި އޮތް ދަނޑިވަޅެއްގަ އެވެ. އެ ދެމެދުގައި ޔުކްރޭނުން ވަނި ވާހަކަ ދައްކާފަ އެވެ.
މިދިއަ އަހަރުގެ ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ހަނގުރާމައެއް ފަށައި ޔުކުރޭން ގާތްގަނޑަކަށް ސުންނާފަތި ކޮށްލާފައިވާއިރު ޗައިނާ އަކީ ރަޝިއާއަށް ތާއީދުކޮށް އެ ފަޅީގައި އޮތް އެކަމަކު ހިމޭނުން އޮތް ގައުމެކެވެ.
އެހެން ނަމަވެސް އެމެރިކާ އާއު ހުޅުނގުން އެމެރިކާ އާއި ބައިވެރި ވެގެން ތިބި ގައުމުތަކުން ދެކޭ ގޮތުގައި ރަޝިއާ ބޭނުންވާ ހުރިހާ ވާތްގެއް ދެނީ ޗައިނާ އެވެ. ރަޝިޔާގެ ބާރަކީ ޗައިނާ ވަރުގަދަ ކަމެވެ.
ޔްކުރޭނުގެ ރައީސް ލަޑީމިއާ ޒެލެންސްކީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. މިހާރު ޒެލެންސްކީ ވިދާޅުވަނީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމައިގެ ތެރެއިން ފާޅުގައި ޗައިނާ ރަޝިއާއަށް އެެހީ ވެދޭނެ ފަށައިފި ނަމަ އެކަން ވަނީ ދުނިޔޭގައި ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށޭ ވަގުތު އައުމަށް ކަމަށެވެ. އަދި އިސާހިތަކު ދުނިޔެ ފަނާ ވެދާނެ ކަމަށެވެ.
"އަހަންނަށް އެނގޭ ޗައިނާ އޮތް ގޮތް، އެކަމަކު އަހަންނަކަށް ނޭނގޭ އެ މީހުން ފާޅުގައި އެކަން ކުރާނެ ކަމެއް ނޫން ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ މިހާރު ވެސް ހިނގަ ހިނގާ އޮތް ހަނގުރާމައެއްގެ ތެރެއަށް ޗައިނާ ވަންނާކަށް ނުޖެހެ އެވެ. ދުނިޔެއަށް ހަމަޖެހުމެއް އޮތީ ޗައިނާ ހިމޭނުން އޮތުމެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ވެސް ކަމެއް ކަމެކެވެ.
"ޔުކްރޭނުން ބޭނުން ވަނީ ޗައިނާއިން ޔުކްރޭނާއެކުގައި ކުރިޔަށް ދާން ވިޔަސް އެއީ ޔަގީނުން ވެސް އަދި ވާނެ ކަމެއް ކަމަކަށް ނުބެލެވޭ. އެކަމަކު ޗައިނާ އާއި ރަޝިއާ މި ހަނގުރާމައިގައި ބައިވެރިވެ އެކުއެކީގައި ދާނަމަ އެއީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ފެށުން. އޭރަށް ހާލާކު ވާނީ ދުނިޔެ،" ޒެލެންސްކީ ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޗައިނާގެ ފޮރިން މިނިސްޓަރު، އަދި ޗައިނާގެ އިސް ޑިޕްލޮމޭޓް ވަންގް ޔީ އާއި ދެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާ ޔުކްރޭނުގެ މައްސަލާގައި ޗައިނާގެ ނުފޫޒާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި މި ދެ ބައިގެ ވާހަކަތައް ބޭއްވީ ޗައިނާ ފުއްޕާހަމުގެ މައްސަލާގައި އެމެރިކާ ވަރަށް ބޮޑަށް ނުތަނަވަސް ކަމެއްގެ ތެރެއަށް ވަދެފައި އޮތް ދަނޑިވަޅެއްގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެބޭފުޅުންގެ ބައްދަލު ވުމުގައި ބްލިންކެން ވަނީ ރަޝިއާ، ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ޗައިނާ ފަހަތުގައި އޮވެ އަދާ ކުރާ ވާގި ދިނުމުގެ ރޯލަށް ނުރުހުން ފާޅު ކުރައްވާ ދިމާއަށް އެ ކަން ހުއްޓާލަން ދަންނަވާފަ އެވެ. އަދި އެކަމާ އެމެރިކާ ހިތްހަމަ ނުޖެހޭ ކަން ވެސް ވަނީ ދަންނަވާފަ އެވެ.