މި އަހަރު 58 ޓީމެއް ބައިވެރިވެފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ބައިވެރިވީ 32 ޓީމެކެވެ. މިފަހަރު މުބާރާތް އޮންނާނީ ފުރަތަމަ ފިޔަވަހީގެ ރާކަނި ބީޗް ކައިރީ އޮންނަ ރުއްގަނޑުގަ އެވެ.
ކުރިން ދިވެހިން ދަތުރުގޮސް ކުޅޭ ފައިގަތަޅާ ވާދަކުރާ ކުޅިވަރެއްގެ ގޮތުގައި ތިލަކޮށްދިނީ ޔުނީކް ސްޕޯޓިންސް އިންނެވެ. އެ ކުންފުނިން ގެނެސްދިން ތަފާތު ވިސްނުމަކާއެކު މިކަމަށް ގަވައިދު ހަދައި ބޮޑު މުބާރާތެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ދަނީ ބާއްވަމުންނެވެ. މި ފޯރިގަދަ ފައިގަތަޅާ ފޯރި މުބާރާތް މިއަދު ފަށާނެ އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ.
ޔުނީކް ސްޕޯޓިން ކުންފުނިން ބުނި ގޮތުގައި މި އަހަރުގެ މުބާރާތް ވެސް އޮންނާނި ލައްކައެއްހާ ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގަ އެވެ. މި އަހަރުގެ މުބާރާތް ފަށާނީ މިއަދު ހަވީރު 15.45 ގައި ހުޅުމާލެ ރާކަނި ބީޗް ކައިރީ އޮންނަ ރުއްގަނޑު ސަރަހައްދުގަ އެވެ . މި މެޗުތައް ރޭގަނޑު 22:00 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ހަފުތާ ބަންދު ހުކުރު / ހޮނިހިރު ދުވަހު މި މުބާރާތް އޮންނާނީ ހެނދުނު 7:30 އިން 9:30 އަށެވެ. މި މުބާރާތުގައި ވާދަކުރާނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ ޓީމް ތަކެވެ.
ފައިގަތަޅާ ފޯރީގެ ގަވާއިދުތައް ހަދަމުން ގެންދަނީ ޔުނީކްސްޕޯޓިންނެވެ. މުބާރާތް ކުރިއަށްދާ ވަރަކަށް މި ގަވައިދު އިމްޕްރޫވްކޮށް އެ ތަރައްގީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.