އެޕަލް ވޮޗް ޕްރޯ: އެޕަލް ގަޑިތަކަށް މުޅިން އާ ޑިޒައިންތަކެއް

އެޕަލް ގަޑިތައް އަކުރު ބޮޑު މޫނަކަށް ބަދަލު ކުރަނީ މީހުން ޝައުގުވެރި ކުރުވާށެވެ. ޒަމާނީ ޓެކްނޮލޮޖީ އާލާތަކުގެ ޑިޒައިން ވެސް ޖާގަބޮޑު ތަނަވަސް ފެޝަނަކަށް ދަނީ ބަދަލު ކުރަމުންނެވެ. ފެޝަން ޑިޒައިނަކީ ވެސް ނަފުސާނީ އިލްމުވެރިން ބުނާ ގޮތަށް ބަދަލުކުރާ ފަންނެކެވެ.

އެޕަލް ގަޑިތަކުގެ ޑިޒައިން ބަދަލުކޮށް އަކުރު ބޮޑު މޫނަކަށް ބަދަލު ކުރާނެ ކަމަށް ރިޕޯޓްތައް ބުނޭ

އެޕަލް ގަޑިތަކުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަނީ އެވެ. މިއީ ބުނެވޭ ގޮތުގައި 2018 އަށް ފަހު އެޕަލް ގަޑިތަކުގެ ޑިޒައިނަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. އެޕަލް ގަޑިތައް ފުރަތަމަ ލޯންޗް ކުރީ އޭޕްރީން 2015 ގައެވެ.

އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން މިގޮތަށް ދެކެވޭ ވާހަކަތަކަކީ އާންމު ގޮތެއްގައި އެޕަލުން ބުނެގެން ދައްކާ ވާހަކަތަކެއް ނޫނެވެ. އެހެން ނަމވެސް، އެޕަލް ކުންފުނި ތެރޭގައި ހިނގާ ކަންކަން ރަނގަޅަށް އެނގޭ މީހުން، އެޕަލްގެ އާ އުފެއްދުންތަކާ ބެހޭ ގޮތުން ސައްހަ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި ދިމަދިމާގައި ފާޅުކުރެ އެވެ.

ބްލޫމްބާގް ބުނާ ގޮތުން އެޕަލް ގަޑިތަކުގައި ދެން ހުންނާނީ އަކުރު ބޮޑު މޫނުތަކެކެވެ. ބަލާބެލުމަށް އުފާވެރިކަން އިހުސާސް ކުރެވޭ ގޮތަށް އަކުރުތަކުގެ ފެޝަން ބަދަލު ކުރާނެ އެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން މަޝްހޫރު އުފެއްދުންތައް ޑިޒައިން ކުރުމުގެ މަރުހަލާގައި ނަފުސާނީ އިލްމުވެރިންގެ ލަފާ ހޯދަ އެވެ. އެއީ ވަކި ގޮތަކަށް ޑިޒައިން ކުރުމުން މީހުންނަށް އިހުސާސްވާ ގޮތް ދެނެގަތުމަށެވެ.

މައިކްރޮސޮފްޓް ވޯޑާއި އެކްސް އަދި އޮފީސް ޕެކޭޖްގައި ހިމެނޭ ސޮފްޓްވެއާ ޕެކޭޖް ޑިޒައިން ކުރުމުގައި ނަފުސާނީ އިލްމުވެރިން ބައިވެެރިވެ އެވެ. އަދި އާންމުން ބޭނުން ކުރަން ދޫކޮށްލުމުގެ ކުރިން ބީޓާ ޓެސްޓަރުން ލައްވައި ޗެކް ކުރެ އެވެ.

އެ ގޮތަށް ޗެކް ކުރުމުގެ ބޭނުމަކީ ޑިޒައިންގައި މައްސަލައެއް އުޅޭތޯ ބެލުމެވެ. ނުވަތަ އުފެއްދުމުގައި ކުށެއް ހުރިތޯ ބެލުމެވެ. އެ ހުރިހާ މަރުހަލާއަކުން ފާސް ކުރުމަށް ފަހު ނެރޭ އާލަތްތަކުގައި ވެސް ކުށް ހުރެ އެވެ.

އެޕަލް ގަޑިތަކާ ބެހޭ ގޮތުން ބުނެވެނީ ބައިތަކަކަށް ބަހާލައިގެން ނެރޭނެ ކަމަށެވެ. އެއީ ސީރިޒް އަށެއްގެ އިތުރުން ފެންވަރު މަތިކޮށް ނެރޭ ޕްރޯ މަރުކާގެ ގަޑިތަކެކެވެ. މިއީ ސީދާވުން ވަރަށް ގާތް ވާހަކައެއް ކަމަށް ބެލެވެ އެވެ.

އެޕަލް ގަޑިތައް މިހާރު ހުންނަ ޑިޒައިނަށް ބަދަލު ގެނައުމުން ފެޝަނަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ކަމަށް ބުނެވެ އެވެ. އަދި ޒަމާނީ އުފެއްދުންތައް ހުރީ ސައިިޒަށް ފައްތައި ޖާގަ ތަނަވަސް އާލާތްތަކެއް ގޮތަށް ކަމަށް ވެސް ބުނެވެ އެވެ.

ގަޑިތަކަށް ގެންނަ ބަދަލުތައް ސެޕްޓެމްބަރުގައި -- އާ އައިފޯނާއެކު ފެންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އެ ހަފުލާގައި އާ ހޯމްޕޮޑަކާއި އެޕަލް ޓީވީ އަދި އައިޕެޑް މަރުކާގެ ޕްރޯ މޮޑެލްތައް ވެސް ތައާރުފު ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.