އެފްއެންބީ ޝޯއަކީ ރާއްޖޭގެ ހަރައިޒްގެ އިވެންޓެކެވެ. ގިނަ ބައެއްގެ ސަމާލުކަން އޮންނަ މި އިވެންޓް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.
"މި" ނޫސް އުފެދުނުތާ ހަތް މަސް ވީނަމަވެސް ނަމަވެސް ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ދަނީ ހޯދަމުންނެވެ. މީގެ ހެއްކަކީ ރާއްޖޭގެ ވިޔަފާރި / އިގްތިސޯދުގެ އެންމެ ބޮޑެތި ފެއާތަކުގެ ޕާޓްނަރުކަން "މި" ނޫހަށް ދޭން ފެށުމެވެ.
އެންމެ ފަހުން މި ބޮޅަށް އިތުރުވެގެން ދިޔައީ މި މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގައި އޮންނަ ފުޑް އެންޑް ބެވަރޭޖް ޝޯ (އެފްއެންބީ ޝޯ) ގެ މީޑިއާ ޕާޓްނަރަށް "މި" ނޫސް ހަމަޖެއްސުމެވެ.
މި ފެއާ އިންތިޒާމު ކުރަނީ ރާއްޖޭގައި އެންމެ ތަފާތުކޮށް ވިޔަފާރީގެ ފެއާތައް އިންތިޒާމުކުރާ ހައިރައިޒް ކުންފުނިންނެވެ. މިއީ މި ކުންފުނިން އެފްއެންބީ ޝޯ އިންތިޒާމު ކުރާތާ ހަ ވަނަ އަހަރެވެ. އެފްއެންބީ ޝޯ އަށް ދާން ބޭނުންވާ ފަރާތްތައް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މި އަހަރުގެ ފެއާގެ ޓައިޓަލް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އަދި ކޯސްޕޮންސަރުންނަކީ ނެސްލޭ ޕްރޮފެޝަނަލް އަދި އެމްއެޗްއޭ އެވެ.
މި އިވެންޓް އޮންނާނީ މިމަހުގެ 23 އިން 25 ގެ ނިޔަލަށެވެ. ފެއާ ކުރިއަށްދާނީ ހަވީރު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.