އެ ކޮމިޝަނުން މިއަދު މުއާމަލާތެއް އޮތް ނަމަ ކުރާނީ ހޮޓްލައިން ނަމްބަރު 7983353 މެދުވެރި ކޮށެވެ. އެހެން ކަމެއް ނެތެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ (ބްރޯޑްކޮމް) ހިންގާ ބިއްލޫރިޖެހިގޭ އިމާރާތުގައި މީދާ ގިނަވެ އޮފީހެއްގެ މަސައްކަތް ނުހިންގޭ ވަރަށް މީދަލުގެ އުނދަގޫ ބޮޑު ވުމުން ކޮމިޝަނުގެ އިދާރީ އޮފީސް ބަންދު ކޮށްފައި މެންބަރުންނާއި މުވައްޒަފުން ގެއަށް ހިނގައްޖެ އެވެ. -- ބަންދު ކުރީ ޕެސްޓް ކޮންޓްރޯލް މަސައްކަތް ކުރާށެވެ.
ވަރަށް ދުވަސްވެފައި ބިއްލޫރިޖެހި ގޭގެ އިމާރާތުގައި މީދާ އަލާވި މީ އާ ފަހަރެއް ނޫނެވެ. މީގެ ކުރީން މީދާ ގިނަ ވެގެން އެ ގޭގައި ހިންގާ ބައެއް އޮފީސްތައް ބަންދު ކުރާން ޖެހުނެވެ.
ޕެސްޓް ކޮންޓްރޯލް މަސައްކަތްތައް ކުރުމަށް ކޮމިޝަންގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ކޮމިޝަނުން ނިންމާފައި ވާއިރު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ނުދޭނެ އެވެ. މިއަދު މުއާމަލާތެއް އޮތް ނަމަ ކުރާނީ ހޮޓްލައިން ނަމްބަރު 7983353 މެދުވެރި ކޮށެވެ. އެހެން މަސައްކަތެއް ނެތެވެ.
މީޑިއާގެ މާ ބޮޑު ދައުރެއް ނޯންނަ ބްރޯޑްކޮމްގެ ހަތް މެންބަރުންނާއި އިދާރީ މުވައްޒަފުން، މީދަލާ ހެދި ނުކުޅަދާނަ ވެގެން އޮފީސް ބަންދު ކޮށްފައި ގެއަށް ދިޔައިރު ބިއްލޫރި ޖެހި ގޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް ހިންގަ އެވެ. އެ ދެ އިދާރާއަކަށް މީދަލުގެ މައްސަލައެއް ނެތެވެ.