ތިލަމާލެ ބްރިޖު މަޝްރޫއާއެކު އިންޑިއާގެ 10 މަޝްރޫއަކުން ޓެކްސް ނުނަގާނެ

ޓެކްސް ކަނޑައިލަނީ ތިލަމާލެ ބްރިޖު މަޝްރޫއާއެކު އިންޑިއާގެ 10 މަޝްރޫއަކުންނެވެ. ރާއްޖޭގައި ހިންގާ މި މަޝްރޫއުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރާ ގާތް ކުރާނެ ކަމަށް ލަފާ އަންދާޒާ ކުރެވެ އެވެ.

ޓެކްސް އުނިކޮށްދިން ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅީފަޅުގައި ކުރަނީ -- މި

އިންޑިއާ ސަރުކާރުން ލޯނު ނަގައިގެން ހިންގާ ތިލަމާލެ ބްރިޖުގެ މަޝްރޫއާއެކު ޖުމްލަ 10 މަޝްރޫއަކުން ޓެކްސް ނުނަގާން ނިންމައި ޓެކްސް ނުނަގާ ލިސްޓެއް ފިނޭންސުން އާއްމު ކޮށްފި އެވެ. 

ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި މަޝްރޫއުތަކާއި ދާއިރާ ތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ. މި ބާރުގެ ދަށުން ޓެކްސް ނެގުމާ ބެހޭ ގަވާއިދުގެ ހަތް މާއްދާ އާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާވާ ފަރާތްތަކުގެ ނަންތައް ފިނޭންސުން އިއުލާނު ކުރަން ޖެހެ އެވެ. 

ފިނޭންސުން މިއަދު އިއުލާނުކުރި 10 މަޝްރޫއުގެ ލިސްޓުގައި ގުޅިފަޅު މަޝްރޫއާއި އައްޑޫ މަގުހެދުން އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު ވެސް ހިމެނެ އެވެ. މި މަޝްރޫއުތަކުން ރާއްޖޭގެ އެއްވެސް ޓެކުހެއް ނުނަގާނެ އެވެ. 

ޓެކްސް ނުނަގާ މަޝްރޫއު ހިންގާ 10 ކުންފުނި

  •  އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު ކޮންސަލްޓެންސީ
  •  އައްޑޫ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުހެދުން - އެފްކޮންސް އިންފްރާސްޓްރަކްޗާ
  •  ވިޝްވަރާޖު އެންވަޔަރަމެންޓު ޕްރައިވެޓް ލިމިޓެޑް
  •  ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް
  •  ޖޭއެމް ސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް
  •  އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑް
  •  އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑް
  •   ޝާހު ޓެކްނިކަލް ކޮންސަލްޓްސް ޕްރައިވެޓް ލިމިޓެޑް
  •  ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ޕްރައިވެޓް ލިމިޓެޑް
  •  އެފްކޮންސް އިންފްރާސްޓްރަކްޗާ

ފިނޭންސުން މިއަދު ނެރުނު މަޝްރޫއު ހިންގާ ލިސްޓުގެ ޖުމްލަ އަގު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރާ ގާތް ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.