މެރިން އެކްސްޕޯގެ ޕާޓްނަރުން ސޮއި އަޅައިފި ؛ މީޑިއާ ޕާޓްނަރަކީ "މި"

މި އަހަރުގެ މެރިން އެކްސްޕޯ އޮންނާނީ އަންނަ މަހު އެވެ. މިއީ ފެއާގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުގެ އެންމެ ބޮޑު ފެއާ އެވެ.

މެރިން އެކްސްޕޯގެ އެއް މީޑިއާ ޕާޓްނަރުގެ ގޮތުގައި "މި" ނޫސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މީޑިއަމް ކުންފުނީގެ އެމްޑި ޝާމް އަދި މި ނޫހުގެ މާކެޓިން މެނޭޖަރު ފާތުމަތު ޝަބީ -- މީޑިއަމް

ކަނޑު ދަތުރުކުރާ ފަރާތްތަކާއި މި ދާއިރާގެ ތަކެތި ވިއްކާ ހިދުމަތްދޭ މީހުނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާއަކީ މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ) އެވެ. މި އަހަރުގެ ފެއާގެ ސްޕޮންސަރުންނާއި ޕާޓްނަރުނާއެކު ސޮއި ކޮށްފައިވާއިރު، މި އަންނަ މަހު އޮންނަ މި ފެއާއެއް އެއް މީޑިއާ ޕާޓްނަރަކަށް "މި" ހަމަޖައްސާފައި ވެއެވެ.  

ޕާޓްނާޝިޕް އެއްބަސްވުމުގައި "މި" ނޫހުގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މާކެޓިން އެންޑް ސޭލްސް ފާތުމަތު ޝަބީ އެވެ. އަދި އޯގަނައިޒާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާމް އެވެ. 

މެރިން އެކްސްޕޯ: އެމްބީއެމްގެ ރަސްމީ ފެއާ - މޯލްޑިވްސް މެރިން އެކްސްޕޯ އިންތިޒާމުކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ އަންނަ މާޗް މަހުގެ 15 އިން 18 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ ބޮޑު މި ފެއާއަކީ ރާއްޖޭގެ ގައުމީ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާ އެވެ.
  •  މެރިން އެކްސްޕޯ އޮންނާނީ އަންނަ މަހު
  •  މިއީ ކަނޑު ދަތުރުފަތުރުގެ ހިދުމަތުގެ އެންމެ ބޮޑު ފެއާ
  •  ހުޅުމާލެ ސެންޓްރަލް ޕާކް: މާޗް 15 އިން 18 އަށް
  •  ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 11:00 އަށް
މެރިން އެކްސްޕޯ ނިސްބަތްވާ ބޯޓިން އެސޯސިއޭޝަންގެ ރައީސް ހައިރައިޒް އިސްމާއިލް އަދި އެ ޖަމިއްޔާގެ ބޯޑު މެންބަރު އާމިރު މަންސޫރު -- މީޑިއަމް

މި ފެއާގެ މެއިން ސްޕޮންސާއަކީ އެމްޓީސީސީ އެވެ. ކޯސްޕޮންސަރަކީ ރާއްޖޭގައި ބޯޓު ބިލްޑިންގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ގަލްފް ކްރާފްޓެވެ. އޮފިޝަލް ހޮސްޓަކީ އެޗްޑީސީ އެވެ.

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރު އެމްޓީސީސީއާއެކު ސޮއި ކުރަނީ

ފެއާގެ ސްޕޮންސަރުންނާއި ޕާޓްނަރުން

  • 1.މީޑިއާ ޕާޓްނާ -- "މި"
  • 2.އެހެން މިޑިއާ ޕާޓްނަރުން -- ވަން އަދި އައިއެމްޓީއެމް
  • 3.އޮފިޝަލް ޓެބްލޮއިޑް -- އައިލެންޑް ޗީފް
  • 4.ފޮޓޯ އެންޑް ވީޑިއޯ ޕާޓްނަރު -- މޯލްޑިވްސް ބިޒްނަސް ނެޓްވޯކް
  • 5.ބްރޯޑްކާސްޓިން ޕާޓްނަރު -- ގީލައިވް
  • 6.އޮފިޝަލް ހޮސްޓް -- އެޗްޑީސީ
  • 7.މެއިން ސްޕޮންސަރު -- އެމްޓީސީސީ
  • 8.ކޯސްޕޮންސަރު -- ގަލްފް ކްރާފްޓް
  • 9.އޮފިޝަލް ފިއުލް ސަޕްލަޔާ -- ދަ ހޯކްސް
  • 10.އޮފިޝަލް ބޯޓް ބިލްޑިން ޕާޓްނަރު -- އަލްޝާލީ މެރިން
  • 11.އޮފިޝަލް ޕްރޮޑަކްޓް ޕާޓްނަރު -- ހަސަން މެރިން އިންޖިން
  • 12.އޮފިޝަލް މެރިން އިންޖިން ޕާޓްނަރު -- ހޮންޑާ މެރިން / މެރިން ވައިބްސް
  • 13.އޮފިޝަލް ވޯޓާ ސްޕޯޓްސް ޕާޓްނަރު -- އޯޝަލް ގްރޫޕް
  • 14.އޮފިޝަލް ސަޕްލަޔާ -- މެރިން އިކްއިޕްމަންޓް
  • 15.އޮފިޝަލް ޑައިވް އިކްއިޕްމަންޓް ސަޕްލަޔާ -- އިޓާޖައި އިންޑިއާ
  • 16.އޮފިޝަލް އެއާލައިން -- ސްރީލަންކަން އެއާލައިންސް
  • 17.އެކޮމޮޑޭޝަން ޕާޓްނަރު -- ބީހައިވް / މާގިރި ހޮޓާ
  • 18.އިންޝުއަރެންސް ޕާޓްނަރު -- އެލައިޑް
  • 19.އޮފިޝަލް ބޯޓް ކްލީނިން ޕްރޮޑަކްޓް -- ހެޕީމާކެޓް ކްލީން ޓު ގްލޭމް
  • 20.އޮފިޝަލް މެރިން ޕެއިންޓް -- ދަމާސް
  • 21.ހައިޖިން ޕާޓްނަރު -- ކްލީން ޓެކް
  • 22.ގްރެފިކް / ޕްރިންޓިން ޕާޓްނަރު -- އެމްސެވަން
  • 23.ކޮފީ ޕާޓްނަރު -- ޝޮޓް ބެވަރޭޖަސް
  • 24.ބެވަރޭޖް ޕާޓްނަރު -- ހެޕީމާކެޓް

މި އަހަރު ބާއްވާ މެރިން އެކްސްޕޯ ފެއާގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ސަރުކާރު ކުންފުނި ބީސީސީ އަދި މަޓާޓޯ އާއި އެސްއެމްއީ އެންޓްރަޕައިސް ފެޑަރޭޝަން އަދި މަޓީ ވެސް ހިމެނެ އެވެ.

އަދި މި އަހަރުގެ އެކްސްޕޯގައި އޭޝިއާގެ ޑައިވިން އެކްސްޕާޓް، "އެޑެކްސް މޯލްޑިވްސް" އިން ފުރަތަމަ ފަހަރަށް އެމީހުންގެ އެގްޒިބިޝަން ބޭއްވުމަށް ބެސް ވަނީ ހަމަޖައްސާފަ އެވެ. 

"އޭޝިއަން ޑައިވް އެކްސްޕޯ" އަކީ އޭޝިއާ ސަރަހައްދުގައި އެންމެ ބޮޑު ޑައިވް ފެއާ ބާއްވާ ބްރޭންޑެވެ. 

މެރިން އެކްސްޕޯގެ ކޯސްޕޮންސަރު ގަލްފް ކްރާފްޓާއެކު ސޮއި ކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ
މެރިން އެކްސްޕޯއަށް ބަލައިލަމާ - މެރިން އެކްސްޕޯ އިންތިޒާމު މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަކީ މިހާރު މި ދާއިރާގެ އެންމެ ތަޖުރިބާހުރި އެއް ކުންފުންޏެވެ. މި ފެއާ އެ ކުންފުނިން އިންތިޒާމުކުރާތާ މިއީ ހަތަރު ވަނަ އަހަރެވެ. މިފެ ބޯޓު ބިލްޑަރުންނާއީ އިންޖީނު ވިއްކާ ފަރާތްތައް އަދި މި ދާއިރާގެ މަޝްހޫރު ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ ކަނޑުގެ ބްރޭންޑްތަކާއި މޫދު ކުޅިވަރުގެ އަދި ޑައިވް ބްރޭންޑްތަކުގެ ބައިވެރިވެ އެވެ. މި ފެއާގައި ފަރާތްތަކަށަށް ގިނަ ފުރުސަތުތަކެއް ފަހިވެ އެވެ. ކޮންމެ އަހަރެއްގެ ވެސް މި ފެއާގައި އާ އުފެއްދުންތަކެއް ލޯންޗު ކުރުން އޮވެ އެވެ. އަދި އާ އުފެއްދުންތައް ދައްކާލުން ވެސް ބާއްވަ އެވެ.

މި ފެއާއަކީ މި ދާއިރާގެ ދުނިޔޭގައި މަޝްހޫރު ފަރާތްތަކުންވެސް ޒިޔާރަތް ކުރާ ފެއާއެކެވެ. މި ފެއާ ބާއްވަނީ  އެޑެކްސް މޯލްޑިވްސް ޑައިވް ފެސިޓިވަލް ކޮންފަރެންސުގެ ބައިވެރިވުމާއެކުގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.