މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް

ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި މި އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ހުޅުވުނު އެކަޑަމީއެކެވެ.

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް ވަނީ އިފްތިތާހު ކޮށްފައި

ށ. މާއުނގޫދޫ ބައޯނިކް ކްލަބުން އެރަށުގައި ފުޓުބޯޅަ އާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް އެކަޑަމީއެއް ހުޅުވައިފި އެވެ.

މާއުނގޫދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްތިތާހް ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނާ މުހައްމަދު އަސްލަމް އެވެ.

ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި މި އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ހުޅުވުނު އެކަޑަމީއެކެވެ.

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް ވަނީ އިފްތިތާހު ކޮށްފައި

އެގޮތުން އަންހެން ކުޅުންތެރިިންނަށް ހޭންޑްބޯލް އަދި ފިރިހެން ކުޅުންތެރިންނަށް ފުޓުބޯޅަ ވަނީ ހާއްސަކުރެވިފައެވެ.

މި ރަސްމިއްޔާތުގައި އެކަޑަމީގެ ކުދިންނާ ވާހަކަދައްކަމުން ހޭންޑްބޯލް ޓްރެއިނާ އަސްލަމް ވިދާޅުވީ ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވީނަމަވެސް އެ ކުޅިވަރަކުން ކުރިއަރާދާނީ ރިވެތި އަހްލާގާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ކަމަށެވެ. 

އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު ތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް ވަނީ އިފްތިތާހު ކޮށްފައި

ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ވިދާޅުވީ މިއަދު އިފްތިތާހްކުރި އެކަޑަމީއަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި މިއީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތް ކަމަށެވެ.

އެހެންކަމުން ބައޯނިކް ކްލަބުގެ ރައީސް ވަނީ ކްލަބުގެ ހުރިހާ މެންބަރުންނާއި ވަކިން ހާއްސަކޮށް އެކަޑަމީގައި އުޅޭ ކުދިިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް ވަނީ އިފްތިތާހު ކޮށްފައި

ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާއިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ރެޖިސްޓްރީ ވެފައެވެ. މީގެ އިތުރުންވެސް އެކަޑަމީއަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ހާއްސަ އެކަޑަމީއެއް ވަނީ އިފްތިތާހު ކޮށްފައި

ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން އަންނަނީ ރަށުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅިވަރާއި މި ނޫންވެސް ރަށުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އެންމެ ގާތުން ޝާމިލް ވަމުންނެވެ.

ހަމައެއާއެކު، ބައޯނިކް ކްލަބުން އަންނަނީ އެ ރަށު ސްކޫލާއި އެހެނިހެންވެސް މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބައޯނިކުން ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައްވެސް ހާސިލްކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.