އަމީނީމަގު ހަނިކުރާތީ މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި

އަމީނީމަގު ހަދަން ނިންމާފައި ވަނީ ހިނގާ މީހުންނަށް ހާއްސަކޮށް ޕޭވްމަންޓް ވަރަށް ފުޅާކޮށެވެ. އޭގެ ސަބަބުން މިހާރު އެ މަގުގައި އެއްގަމު އުޅަނދު ދުއްވަން ހާއްސަ ބައި އިތުރަށް ހަނިވެގެންދާނެ އެވެ. މޭޔަރު މީގެ ކުރީންވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- މި

އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ފުޅާކޮށް ދުއްވަން ހާއްސަ ބައި ހަނި ކޮށްގެން ކަމަށްވާތީ މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މާލޭގައި އެންމެ ތޮއްޖެހުން ބޮޑު އަދި އެންމެ ބޮޑަށް ހަލާކުވެފައި އޮތް އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ދަނީ ކުރަމުންނެވެ. އެ މަގު ހަދަން ނިންމާފައިވާ ގޮތާއި އެކަމަށް ކުރާ ބޮޑު ހޭދައާމެދު ވެސް އެތައް ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އެބައޮތެވެ.

އަމީނީމަގު ހަދަން ނިންމާފައި ވަނީ ހިނގާ މީހުންނަށް ހާއްސަކޮށް ޕޭވްމަންޓް ވަރަށް ފުޅާކޮށެވެ. ނަމަވެސް އޭގެ ސަބަބުން މިހާރު އެ މަގުގައި އެއްގަމު އުޅަނދު ދުއްވަން ހާއްސަ ބައި އިތުރަށް ހަނިވެގެންދާނެ އެވެ. މޭޔަރު މީގެ ކުރީންވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އިންތިހާއަށް ލަސްކޮށް އަދި އެހާ އަގު ބޮޑުކޮށް ކުރަމުން އަންނައިރު މަގުގެ ފުޅާ ނިމުމުން ތިން ފޫޓް ދެ އިންޗި ހަނިކޮށް ހަދާ ހެދުމަށް އަދިވެސް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ ޕަބްލިކް ޓްރާސްޓް ބަސްތަކަށް އަދި ޓޫވޭ ޓްރެފިކް އަށް ކުރިމަތިވާނެ ދާއިމީ ދަތިކަމެއް ކަމަށެވެ.

އަމީނީ މަގު ކުރީން ހަދަން އޮތީ 39 މިލިއަންގެ ބަޖެޓަކުންނެވެ. ނަމަވެސް މިހާރު އެ މަސައްކަތަށް 84 މިލިއަން ވަނީ ކަނޑައަޅާފައެވެ.

ވެރި ރަށުގައި އެންމެ ބޮޑަށް ހަލާކުވެފައި އޮތް އަދި މިހާތަނަށް ދާއިމީ ހަލެއް ހޯދިފައި ވެސް ނެތް އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ހަތް މަސް ދުވަހުން ނިންމާ ގޮތަށް މި މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ ޖުލައި 3، 2022 ގައެވެ. ޕްރޮޖެކްޓްގެ އަގަކީ 84،414،546.83 ރުފިޔާ އެވެ. 1.7 ކިލޯ މީޓަރު ދިގު އަމީނީ މަގުގައި ތާރު އަޅައިގެން ހަދާނީ ޒަމާނީ ފެންވަރުގަ އެވެ. 

ނަމަވެސް މަސައްކަތް އެ މުއްދަތަށް ނުނިމޭނެކަން މިހާރު ވަނީ ހާމަކޮށްފައެވެ. ސަރުކާރުން މިހާރު ބުނަނީ އަމީނީމަގު ނިމޭނީ  27 ސެޕްޓެމްބަރު ގައި ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތުގެ ދަށުން މަގުގެ އެއްބައި ރޫޅާލައި، ދުވާރުގެ ބައެއް މަސައްކަތް ފަށާފައިވީނަމަ ވެސް، ތާރު އެޅުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ. އެންމެ ފަހުން އާރުޑީސީން ބުނީ އެ މަސައްކަތް ފެށޭނީ އަންނަ މާޗުމަހުގައި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.