ރާއްޖެއާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމެވެ. ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެވެ.
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖާ މަންސިއެންގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސީޝެލްސްއަށް ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވާނެ އެވެ.
އެމަނިކުފާނުގެ ދަތުރުފުޅު ކުރިޔަށް ދާނީ ޖުލައި 28 އާ ހަމައަށެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ރަސްމީ ބައްދަލު ކުރެއްވުމެއް ބާއްވަވާނެ އެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާ ކުރައްވާނެ އެވެ.
ރާއްޖެއާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމެވެ. ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށްވެސް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތު ސިޓީފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.