މިސްކިތުތެރޭ ކުއްޖަކަށް ޖިންސީ ގޯނާ ބިދޭސީ މީހާ މަސް ދުވަހަަށް ބަންދު

ބިދޭސީ މީހާއަކީ މިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވެއެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ: ކުއްޖަކާ ބެހުނު މީހަކު ވަނީ ބަންދަށް ގެންގޮސްފައި

މާލޭގައި މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ޖަލާލުއްދީން މިސްކިތްތެރޭ ވުލޫކުރާ ބައިގައި އުމުރުން 10 އަހަރުވެސް ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރީ ބިދޭސީ އެކެވެ. އެ މީހާ އެ ކުއްޖާއަށް މީގެ ކުރީންވެސް އެކި ދުވަސްމަތީން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެއެވެ.

ބިދޭސީ މީހާ ވަނީ އޭނާގެ ޖިންސީ ގުނަވަން ކުއްޖާއަށް ދައްކާފައެވެ. އެ މަންޒަރު އެހެން ކުއްޖަކަށް ފެނި އެ ކުއްޖާ ވަނީ މިސްކިތުގަައި ތިބި މީހުންގެ ސަމާލުކަން އެކަން ގެނެސްފައެވެ. ބިދޭސީ މީހާ ހައްޔަރު ކުރީ އާންމުންގެ ބަޔަކު އެ މީހާ ފުލުހާއި ހަވާލު ކުރުމުންނެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންވެސް ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާގެ ބަންދަށް ގޮތް ނިންމަން ކޯޓަށް ގެންދިއުމުގެ 30 ދުވަހުގެ ބަންދެއް ދީފައިވާ ކަމަށެވެ.

ބިދޭސީ މީހާއަކީ މިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވެއެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދަނީ ރެކޯޑް މިންވަރަށް އިތުރުވަމުންނެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ވަރަށް ފަސޭހައިން އަލުން މުޖްތަމައުގެ ތެރެއަށް އާދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.